ޑރ. މުހައްމަދު ޖަމީލް އަހްމަދު

އެއް އިންތިހާބަށް މަސައްކަތްކޮށްފައި، ހަމަ ނިމޭއިރަށް އަޅުގަނޑުމެން ކުށްވެރިވޭ: ޑރ. ޖަމީލް

1

އެއް އިންތިހާބަށް މަސައްކަތްކޮށްފައި، ހަމަ ނިމޭއިރަށް ކުށްވެރިވާ ކަމަށާއި އަނެއް އިންތިހާބަށް އަނެއްކާވެސް މަގުމަތިވެ ނުކުންނަން ޖެހޭ ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމްގެ މަޖިލިސް ކެމްޕޭން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ 2004 އިން ފެށިގެން މިއަދާ ހަމައަށް އައި އިރުގައި ރައްޔިތުން ވަރުބަލިވެއްޖެ ކަމަށެވެ.

"އަޅުގަނޑުމެން ތަކުރާރުކޮށް މިދިޔަ ދުވަސްތަކުގައި ޒަމާންތަކެއް ހޭދަކޮށްދިން. ރާއްޖެ 2004 އިން އައިސް މިއަދާ ހަމައަށް އައި އިރުގައި ރައްޔިތުން ވަރުބަލިވެއްޖެ. ތަކުރާރުކޮށް އެއްކަމެއް އަޅުގަނޑުމެން ކުރަމުން މިދަނީ. އެއް އިންތިހާބަށް އަޅުގަނޑުމެން މަސައްކަތްކޮށްފައި، ހަމަ ނިމޭއިރަށް އަޅުގަނޑުމެން ކުށްވެރިވެ ނިމިދޭ. އަނެއް އިންތިހާބަށް އަނެއްކާވެސް އަޅުގަނޑުމެން މަގުމައްޗަށް ނުކުންނަންވީ،" ޑރ. ޖަމީލް ވިދާޅުވިއެވެ.

ޑރ. ޖަމީލް ވިދާޅުވީ މި ސަގާފަތާއި މި މަސައްކަތާއި މި ވިސްނުމާ ދުރަށް ދާން ޖެހޭ ވަގުތު އަތުވެއްޖެ ކަމަށާއި ރައްޔިތުން ފާރަވެރިވާންވީ ވަގުތު އަތުވެއްޖެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟