އުމަރު ނަސީރު

ރައީސް ނަޝީދަކީ ދިވެހި ގައުމިއްޔަތަށް ހުރި ނުރައްކަލެއް: އުމަރު ނަސީރު

4

ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ދިވެހި ގައުމިއްޔަތަށް ހުރި ނުރައްކަލެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

އުމަރު މިހެން ވިދާޅުވެފައި ވަނީ ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މާފަންނު ދެކުނު ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކުރައްވާ ހަތަރު ކެންޑިޑޭޓުންގެ ކެމްޕެއިން ފެށުމަށް ދެއްކެވި ވާހަކަފުޅަށް ރައްދު ދެއްވުމުގެ ގޮތުން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައެވެ. އެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ނަޝީދު ވަނީ ކައިވެނިން ބޭރުން ދަރިން ހޯދާ މައްސަލަ ހައްލުކުރެވޭނީ ކައިވެނީން ބޭރުން އަންހެނުންނަށް ނުވިހާ ގޮތް ހެދޭނެ ގޮތް ވެސް އޮވެގެން ކަމަށް ދޭހަވާ ގޮތަށް ވާހަކަފުޅުދައްކަވައިފަ އެވެ.

މިކަމާ ގުޅޭގޮތުން ގިނަ ބަޔަކު ރައީސް ނަޝީދަށް ފާޑު ކިޔަމުން އަންނަ އިރު، އުމަރު ނަސީރު ވިދާޅުވީ ''ބޮވޭނެ، ބޯން ޖެހޭ'' ފަދަ ވިސްނުމާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ގައުމުގެ މިނިވަންކަން ގެއްލޭ ފަދަ ނިންމުންތައް ވެރިކަމުގައި ހުރެ ނިންމުމުގެ ސަބަބުން ނަޝީދާ ދެކޮޅަށް އަބަދުވެސް ދިވެހިން ތެދުވަންޖެހޭނެ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟