މުހައްމަދު އައުޒަމް
ދިރާގު ހައިސްޕީޑް ފައިބަރު އިންޓަނެޓްގެ ހިދުމަތް ރ. އަލިފުއްޓާއި ފ. ނިލަންދުއަށް ތާރަފްކޮށްފިއެވެ.
2016 ވަނަ އަހަރުން ފެށިގެން ދިރާގުން އަންނަނީ ފައިބަރުގެ އިންޓަނެޓުގެ ހިދުމަތް މުޅިރާއްޖެއަށް ފުޅާކުރުމުގެ މަސައްކަތް ކުރަމުންނެވެ. މިހައިތަނަށް ރާއްޖޭގެ އާބަދީގެ %70އަށް ވުރެ ބޮޑުބަޔަކަށް ދިރާގުން ވަނީ އެ ޚިދުމަތް ފޯރުކޮށްދީފަ އެވެ.
ރ. އަލިފުށި އަދި ފ. ނިލަންދޫގެ ގޭބީސީތަކަށާއި ވިޔަފާރިތަކަށް މިހާރު މިހިދުމަތް ލިބޭނެކަމަށް ދިރާގުން މައުލޫމާތުދެއެވެ.
ފައިބަރު ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑްގެ ހިދުމަތްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީއެވެ. ދިރާގުގެ ކަސްޓަމަރުންނަށް ހިދުމަތް ދެވޭނެ ލުއިފަސޭހަގޮތްތައް ހޯދައިދިނުމުގެގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖުރިބާ ރަނގަޅުކުރުމަށް ދިރާގުން އަބަދުވެސް މަސައްކަތްކުރާ ކަމަށް އެކުންފުނީން ބުނެ އެވެ.