ބޮލީވުޑް

ޓޯޓަލް ދަމާލުގެ ސްޓަންޓްސް ތަކުގައި އަނިލް އަދި މަދޫރީ

ފިލްމު ތަކުގައި ތަރިންނަކީ އާންމުކޮށް ސްޓަންޓްސްތައް ކުޅޭ ބައެއް ނޫނެވެ. ގިނަ ފަހަރު މިބައި ކުޅުވަނީ "ބޮޑީޑަބަލް"އެއް ބޭނުންކޮށްގެނެވެ.

ނަމަވެސް ފަހަކަށް އައިސް ޒުވާން ތަރިންތައް ފިލްމީ ދުނިޔެއަށް ވަންނަންފަށާފައިވާއިރު ބައެއް ތަރިން އަންނަނީ ފިލްމުތަކުގައި އަމިއްލައަށް ސްޓަންޓްތައް ހަދަމުންނެވެ. ޝޫޓިން ތަކުގައި ތަރިންނަށް ވަނީ ސްޓަންޓްތައް ހެދުމުގައި ހާނިއްކަވެ ވެސް އަނިޔާވެފައެވެ.

މަގުބޫލު ބަތަލުން ކަމަށްވާ އަނިލް ކަޕޫރާއި މަދޫރީ ޑިކްސިޓްވެސް މިވަނީ އެދެތަރިން އެކީގައި ކުޅޭ ފިލްމު ޓޯޓަލް ދަމާލުގައި އަމިއްލައަށް ސްޓަންޓްސްތައް ހަދައިފައެވެ. ފިލްމުގެ ޑައިރެކްޓަރު އިންދްރާ ކުމާރު ބުނާ ގޮތުގައި އަނިލް އާއި މަދޫރީ ވަނީ ފިލްމުގައި ކާރެއް ދުއްވާފައިގޮސް ހަލާކުވެފައިވާ ބްރިޖެއް ފަޅާލައި ފައެވެ. މީގެ އިތުރުން 300 ފޫޓްގެ ވޯޓާފޯލަކުންވެސް ދެތަރިންވަނީ ފުންމާލައިފައެެވެ.

އިންދްރާ ބުނި ގޮތުގައި އަނިލް އަދި މަދޫރީ ފިލްމުގައި ކުޅެފައިވާ ސްޓަންޓްސްތައް ވަރަށް ފުރިހަމަ ކަމަށާއި "ބޮޑީޑަބަލްސް" ބޭނުން ކުރަން ނުޖެހުނު ކަމަށެވެ.

ޓޯޓަލް ދަމާލަކީ އެކްޝަން ކޮމެޑީއެކެވެ. ފިލްމުގައި ރިތޭޝް ދޭޝްމުކް، އަރްޝަދް ވާރްސީ، ޖަވޭދް އަޚްތަރު، އަޖޭ ދޭވްގަން އަދި އީޝާ ގުޕްތާ ވެސް ލީޑް ރޯލުން ފެނިގެންދާނެއެވެ.