އޮއްޕޮގެ އާފޯނުގައި ދިހަ ގުނައަށް ޒޫމް ކޮށްލެވޭނެ ކަމަށް ޓެކްނޮލޮޖީގެ ހަބަރު ގެނެސްދޭ ވެބްސައިޓު މައި ޑްރައިވާސްއިން ބުނެފިއެވެ.
އޮއްޕޮއިން މިއަދު ހާއްސަ ހަފުލާއެއް ބާއްވައި ތައާރަފުކުރުމަށް ނިންމާފައިވާ އާފޯނުގައި ތަފާތު އާ ޓެކްނޮލޮޖީ ފެނިގެންދާނެ ކަމަށް އަޑުފެތުރިފައިވާއިރު އެފޯނުގައިވާ ޒޫމް ޓެކްނޮލޮޖީއަށް އެތައްބަޔަކު ވަނީ އިންތިޒާރުކުރަން ފަށާފައެވެ.
އޮއްޕޮއިން 10 ގުނަ ޒޫމް ޓެކްނުލޮޖީ ތައާރަފު ކޮށްފިނަމަ މިއީ މިހައިތަނަށް އުފެއްދި އެންމެ ދުރަށް ޒޫމް ކުރެވޭ ފޯނު ކަމުގައި ވާނެއެވެ.