ބޮލީވުޑް

'މަނިކަރްނިކާ' – ދަ ކްއީން އޮފް ޖާސީ ގެ ޓީސާ ރިލީސް ކޮށްފި

ކަންގްނާ ރަނޮޓް ކުޅޭ ފިލްމް 'މަނިކަރނިކާ' – ދަ ކްއީން އޮފް ޖާސީ އަކީ އެކި ގޮތްގޮތުން ހެޑްލައިންތަކަށް އަރަމުން އަންނަ ފިލްމެކެވެ. ގިނަ ބައެއްގެ ޝައުގުވެރިކަން އުފެދިފައި އޮތް މި ފިލްމް ގެ ޓީސާ މިހާރު ވަނީ ރިލީސްކޮށްފައެވެ.

ފިލްމްގެ ޓީސާ ބަލައިލުމުންވެސް ފިލްމު ބަލައިލުމުގެ ޝައުގުވެރިކަން ބޮޑުވެ އެވެ. ވަރަށް ބާރުގަދަ ވޮރިއޯއެއްގެ ގޮތުން ކަންގްނާ ފެނިގެންދާއިރު މައިވަންތަ ކަމުގެ ބައިވެސް ފެނިގެން ދެއެވެ. ޓީސާ އިން ކަންގްނާ މަނިކަރްނިކާގެ ބައި އެންމެ ފުރިހަމައަށް އަދާ ކޮށްފައިވާކަން މާ ބޮޑަށްވެސް އިނގެއެވެ. މީގެ އިތުރުން އިންޑިއާއިން މިނިވަންކަން ހޯދުމަށް ކުރި ދަތުރުގެ އެކި ބައިތައް ފެނިގެންދާ ގޮތުން އެންމެ ހައިރާން ކޮށްލައި ދެންވާނީ ކިހިނެއްތޯ ބެލުމަށް ކޮންމެހެންވެސް ބޭނުންވެ އެވެ.

ފިލްމަކީ ބްރިޓިޝް އިން އިންޑިއާ އަށް އަރައިގެން އުޅުނު ދުވަސްވަރު އެންމެ ފުރަތަމަ އެމީހުނާ ދެކޮޅަށް ހަނގުރާމާ އިއުލާންކޮށް ހަނގުރާމަ ކުރި ރާނީ ލަކްޝްމީ އަށް ނިސްބަތް ކޮށް ހަދާފައިވާ ފިލްމެކެވެ. ފިލްމް ގައި ކަންގްނާ ފެނިގެން ދަނީވެސް ވަރަށް ވަރުގަދަ ހަނގުރާމަވެރިއެއްގެ ގޮތުގައެވެ. އޭނާގެ ސްޓްރޯންގ ސައިޑް ފެނިގެން ދާއިރު އަންހެން ވަންތަ ކަމާއި، މީހުން ލޯބިވާ ރާނީ އެއްގެ ގޮތުގަ އާއި އަދި ގައުމަށްޓަކައި ގުރުބާން ވާން ހުރި މީހެއްގެ ގޮތުގައި ކަންގްނާ މި ފިލްމްގައި ފެނިގެން ދެއެވެ.

ރާދާ ކްރިޝްނާ ޑައިރެކްޓް ކޮށްފައިވާ މި ފިލްމްގައި، އަންކިތާ ލޮކަންޑޭ، ޖިއްސޫ ސެންގުޕްތާ، ޒީޝަން އައްޔޫބް، ޑެނީ ޑެންގްޒޮންގްޕާ، އަތުލް ކުލްކަރްނީ އަދި ތެހެރް ޝާރިބް ފެނިގެންދެއެވެ. ފިލްމް ރިލީސް ކުރަން ހަމަޖެހިފައި ވަނީ 25 ޖެނުއަރީ 2019 ގައެވެ.