ޗައިނާއިން ހަނދުގައި ގަސް އިންދަން ފަށައިފިއެވެ.
ޗައިނާގެ ޗަންގީ4 މިޝަން އިން ހަނދުގައި އިންދި ކަފަ ގަހުގެ ފޮޓޯ ޗައިނާގެ ނެޝަނަލް ސްޕޭސް އެޑްމިނިސްޓްރޭޝަން އިން ވަނީ ދައްކާލައިފައެވެ.
ޗައިނާއިން ހަނދުގެ އަނދިރިފަރާތުގެ ތަހުލީލު ކުރަމުންދާއިރު، މި މިޝަންގައި ވަނީ ހަނދުގައި ދިރުން އާލާކުރެވޭތޯ ޓެސްޓު ކުރުމަށް ނިންމާފައެވެ. އެގޮތުން ސީއެންއެސްއޭގެ މިޝަން ގައި އޮށް ބޭނުން ކޮށްގެން ގަސް ހެއްދުމަށް ހެދި އެކްސްޕެރިމެންޓު ވަނީ ކާމިޔާބު ވެފައެވެ.
ކަފަ ގަހުގެ ޓެސްޓު ކާމިޔާބު ވެފައިވާއިރު ޗައިނާއިން ބުނެފައި ވަނީ، ދެން މަސައްކަތް ކުރާނީ އަލުވި ހެއްދޭތޯ ކަމަށެވެ. މި މިޝަން ގައިވަނީ ކަފަ އާއި އަލުވީގެ އިތުރުން ފަސޭހައިން ހެއްދޭ ގަސްގަހުގެ އޮށް ތަހުލީލަށް ހަނދަށް ގެންގޮސްފައެވެ.
މި މިޝަންގައި ކުރިޔަށް އޮތް 100 ދުވަހުގެތެރޭގައި ބާކީހުރި އޮށް ބޭނުން ކޮށްގެން ގަސް ހެއްދުމުގެ ތަހުލީލުތަށް ކުރާނެކަމަށް މައުލޫމާތުލިބެއެވެ.