މުޙައްމަދު އަސްލަމް

އިމާރާތް ކުރުމުގެ ގަވާއިދަށް 13 އިސްލާހެއް ހުށަހަޅަން ނިންމައިފި

އިމާރާތް ކުރުމުގެ ގަވާއިދަށް ތޭރަ އިސްލާހެއް ހުށަހަޅަން ނިންމާފައިވާކަމަށް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމުގެ ގަވާއިދަށް ހިޔާލު ހޯދުމާ ގުޅޭ މަސައްކަތު ބައްދަލުވުން ފެށުމުގެ ގޮތުން މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަފުޅުދައްކަވަމުން މިނިސްޓަރު އަސްލަމް ވިދާޅުވީ، އިމާރާތްކުރުމުގެ މަސައްކަތް މިހާރު ރާއްޖޭގައި ފުޅާވެފައި އޮތުމުން އެކަން ރެގިއުލޭޓު ކުރުމަށް މިހާރު ދަތިތަކެއް ހުރި ކަމަށެވެ.

އަދި އެކަންކަން ހައްލު ކުރުމަށް އިމާރާތް ކުރުމުގެ ގަވާއިދަށް އިސްލާހުތައް ގެންނަން ޕްރައިވެޓް ސެކްޓާގެ ލަފަޔާއި މަޝްވަރާ ބޭނުންވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ލަސްވެގެން، އަންނަ މަހުގެ ތެރޭގައި ގަވާއިދު ގެޒެޓު ކުރަން ޖެހޭ ކަމަށް ވެސް މިނިސްޓަރު އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ ސަރުކާރުގައި މަަސައްކަތް ކުރަން ތިބި ފަރާތްތަކަށް ވުރެ، ކޮންސްޓްރަކްޝަން މަސައްކަތް ކުރައްވާ ބޭފުޅުންގެ ގާބިލްކަން ބޮޑު ކަމަށާއި، އެެހެންވެ ގަވާއިދުތައް ހަދާއިރު އެފަރާތްތަކުގެ ލަފަ އާއި ހިޔާލު ބޭނުންވާކަމަށެވެ.