ބޮލީވުޑް

ޝަކްތީ މޯހަންވެސް އޭބީސީޑީ ތިނެއްގައި

އެބީސީޑީ ތިނެއްގައި ޑާންސް އިންޑިއާ ޑާންސް ސީޒަން ދޭއް ކާމިޔާބު ކުރި ޝަކްތީ މޯހަން ހިމެނޭ ކަމަށް މިދޭތެރެއަކުން އަޑުތައް ފެތުރިފައިވާއިރު، ޝަކްތީ މިވަނީ އެކަން ޔަގީންކޮށްދީފައެވެ.

ރެމޯ ޑި ސޫޒާގެ އޭބީސީޑީ ތިނަކުން ފުރުސަތު ލިބުމުން އުފާވާ ކަމަށާއި، ރޭމޯއާއެކު މަސައްކަތް ކުރުމަށް ބޭނުންވެފައި ހުރި ކަމަށް ޝަކްތީ ވަނީ ޑެއިލީއަށް ދިން އިންޓަވިއުއެއްްގައި ބުނެފައެވެ. މި ފިލްމް ވެގެން ދާނީ ޝަކްތީ ބޮލީވުޑަށް ނުކުންނަ ފުރަތަމަ ފިލްމަށެވެ. ޝަކްތީ އިތުރަށް ބުނީ އެކްޓު ކުރަން އެހާ ޝައުގު ނުހުންނަ ކަމަށާއި، މި ފިލްމު ކުޅެން އެކްސައިޓްވީ މީ ޑާންސް ފިލްމެއް ކަމަށް ވުމުން ކަމަށެވެ.

ފިލްްމުގެ ފުރަތަމަ ޝޫޓިންއަށް ކްރޫއާއެކު ލަންޑަނަށް ފުރުމަށް ތައްޔާރަށް ހުރި ކަމަށްވެސް ޝަކްތީ ވަނީ ބުނެފައެވެ.

އޭބީސީޑީ ތިނަކުން ކެޓްރީނާ ވަކިވުމުން ވަނީ ފިލްމާ ބެހޭ ގިނަ ކްރިޓިކްސް ތަކެއް ހެޑްލައިންތަކަށް އަރާފައެވެ. ނަމަވެސް ފިލްމުގެ ބަތަލު ވަރުން ދަވަން ވަނީ ފިލްމާ ޝްރައްދާ ކަޕޫރު ގުޅުނުކަން އިއުލާންކޮށް އޭގެ އެކްސައިޓްމަންޓް އިތުރުކޮށްފައެވެ. މީގެ އިތުރުން ނޯރާ ފަތޭހީވެސް މިފިލްމުން ފެނިގެން ދާނެއެވެ.