ގިނަ ސްޓާ ކިޑްސް ތަކެއް ފިލްމް އިންޑަސްޓްރީއާ ގުޅެމުން އަންނަ މިދުވަސްވަރު ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާންގެ ދެ ދަރިން ކަމުގައިވާ އަރްޔާން އާއި ސުހާނާއަށް ދަނީ ސުވާލުތައް ފެންމަތިވަމުންނެވެ.
ސުހާނާ އެކްޓަރަކަށް ވާން ބޭނުން ކަމަށް އިއުލާން ކޮށްފައިވާއިރު އަރްޔާންއަށް އަދިވެސް ވަނީ ގޮތެއް ނުނިންމިފައެވެ.
ޝާހުއަށް މި ސުވާލު އަމާޒު ވުމުން އޭނާ ވަނީ އަރްޔާން އެކްޓުކުރަން ޝައުގުވެރިކަން ނެތް ކަމަށް ބުނެފައެވެ. ނަމަވެސް ފިލްމް ޑައިރެކްޓް ކުރުމާއި ލިޔުމާއި ފިލްމާ ގުޅުން ހުރި ކަންކަން އަރްޔާން ދަސްކުރަމުން ދާތާ މިހާރު ހަތަރު އަހަރުވެފައިވާ ކަމަށް ޝާހު ބުންޏެވެ. އެއީ ޔުނިވާސިޓީ އޮފް ސަދާން ކެލިފޯނިޔާގެ ފިލްމް މޭކިންގެ އެންމެ މަތީ ލެވެލްއެވެ. ސުހާނާ އެކްޓްކުރުމަށް ބޭނުންވި ކަމުގައިވިއަސް ޝާހު ބުނާ ގޮތުގައި ސުހާނާވެސް ޖެހޭނީ ތިއޭޓަރުގެ ހަތަރު އަހަރުގެ ކޯހެއް ފުރިހަމަކުރަންށެވެ.
ޝާހު ގަބޫލު ކުރާ ގޮތުގައި ފިލްމީ ދުނިޔެއަށް އޭނާގެ ދަރިން ވަންކަމުގައި ވިއަސް އެ ދާއިރާ ރަނގަޅަށް އުނގެނި ކަންކަން ދަސްކޮށް ކިޔަވައިގެން ނޫނީ ދާއިރާގައި ރަނގަޅު ކާމިޔާބީ އަކަށް ވާސިލެއް ނުވެވޭނެއެވެ.