ކުރީގެ ރައީސް އަލްމަރުހޫމު މުހައްމަދު އަމީނަކީ ޅެންވެރިކަމުގެ އިތުރުން އަންހެނުން ބާރުވެރިކުރުވުމަށް ބޮޑު ހިދުމަތްތަކެއް ކުރެއްވި ބޭފުޅެއް ކަމަށް ޖެންޑަރު މިނިސްޓަރު ސިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ސިދާތާ މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 30 ވަނަ ވަނަ ޅެންވެރިންގެ ދުވަސް ފާހަގަ ކުރާއިރު އަލްމަރުހޫމު މުހައްމަދު އަމީންގެ ނަންފުޅުވެސް ފާހަގަކުރުން މުހިންމުކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ.
އެއީ އެމަނިކުފާނަކީ އަންހެނުން ބާރުވެރި ކުރުވުމަށް ވެސް ބޮޑު ޚިދުމަތެއް ކުރެއްވި ބޭފުޅެއް ކަމަށް ވާތީ ކަމަށް ޝިދާތާ ވިދާޅުވެފައިވެ އެވެ.