ކުރީގެ ރައީސުންނަށް މަޖިލީހަށް ކުރިމަތިނުލެވޭ އިސްލާހެއް މަޖިލީހަށް ހުށަހަޅައިފި އެވެ.
މަޖިލީހަށް މި އިސްލާހު ހުށަހަޅާފައި ވަނީ ޖުމްހޫރީ ޕާޓީގެ މެމްބަރެއް ކަމަށްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފު މުހައްމަދެވެ.
މިއަހަރުގެ މަޖިލީހުގެ އިންތިހާބުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ކުރިމަތިލުމަށް ނިންމަވާފައިވާއިރު، ކުރީގެ ރައީސް ޔާމިން ވަނީ މަޖިލީހަށް ކުރިމަތިލުމާމެދު ވަކި ގޮތެއް ނިންމާފައި ނުވާކަމަށް ވިދާޅުވެފައެވެ.
މީގެ އިތުރުން ކުރީގެ ސަރުކާރުތަކުގައި މަތީ ވަޒީފާތައް އަދާކުރެއްވި ބޭފުޅުންނާއި މިނިސްޓަރުންވެސް ވަނީ މި އަހަރުގެ މަޖިލީހުގައި ވާދަކުރުމަށް ނިންމަވާފައެވެ.