ޒޯ އާޓްސްއާ ގުޅިގެން ޑީވާސްގެ ފަރާތުން ނެރޭ "ކެންޑިޑް" މެގަޒިންގެ މީޑިއާ ކިޓް ލޯންޗް ކޮށްފި އެވެ.
މިއަދު ހަވީރު ތަޒްކީ ރޫފްޓޮޕްގައި ކުރިއަށް ގެންދިޔަ ހަފުލާއެއްގައި "ކެންޑިޑް" މެގަޒިންގެ މީޑިއާ ކިޓް ލޯންޗް ކޮށްދީވަނީ ރާއްޖޭގެ މަޝްހޫރު ބަތަލާ ނިއުމާ މުހައްމަދެވެ.
"ކެންޑިޑް" މެގަޒިން އަކީ މުޅިން އަލަށް ލޯންޗް ކުރެވުނު ލައިފްސްޓައިލް މެގަޒިނެކެވެ. މީގެ އިތުރުން ފަންނީ ދާއިރާއިން ކުރިއަރަމުން އަންނަ ޒުވާނުންނަށް މި މެގަޒިނަކީ ކުރިން ފެނިގެންގޮސްފައިނުވާ އާދަޔާ ހިލާފު މެގަޒިނަކަށް ވާނެ ކަމަށް ދިވާސް އިން މައުލޫމާތުދެއެވެ. މި މެގަޒިނަކީ ފަންނީ، އިޖްތިމާއީ އަދި ސަގާފީ ދާއިރާތަކަށް ހާއްސަ މެގަޒިނެކެވެ. މީގެ އިތުރުން މި މެގަޒިންއަކީ ރިއަލިޓީ ޓެކްނޮލޮޖީއާއެކު މިދާއިރާއަށް ނެރެވޭނެ ފުރަތަމަ މެގަޒިނެވެ.
މި މެގަޒިންގެ ބެލެނިވެރި ދެ ކުންފުނީގެ ތެރެއިން ޒޯ އާޓްސްއަކީ މާކެޓިންގް އެންޑް ޕީއާރު އެޖެންސީއެކެވެ. އަދި ޑީވާސްއަކީ އަލަށް ރާއްޖޭގައި ތައާރަފްކުރެވުނު ޓެލެންޓް މެނޭޖްމަންޓް އޭޖެންސީއެކެވެ.