އޮމާން އަށް ދަތުރު ކުރާނަމަ މިއީ ހަނދާނުގައި ބެހެއްޓުން ވަރަށް މުހިއްމު ކަމެކެވެ. އެ ގައުމުގައި ކޮމްބެޓް ނުވަތަ ކެމޮފްލާޖް ފެޝަނަކީ ޤާނޫނީ ކުށެއް ކަމަށް ކަނޑައަޅައިފިއެވެ.
އޮމާންގައި އަލަށް ހެދި ޤާނޫނުގައި ބުނާ ގޮތުން މިލިޓަރީ-ސްޓައިލް ހެދުމާއި އެސަސަރީޒް ބޭނުން ކުރާނަމަ ނުވަތަ ލައިގެން ހުއްޓާ ފެނިއްޖެ ނަމަ އެމީހަކު ފަސްހާސް އެއްސަތޭކަ ނުވަދިހަ ފަސް ޑޮލަރުން ޖޫރިމަނާ ކުރާނެ ކަމަށެވެ.
އެ އަމުރުގައި އިތުރަށް ބުނެފައިވާ ގޮތުގައި ޤާނޫނަށް އަމަލު ނުކުރާ މީހުން ޖޫރިމަނާ ކުރާނެ އެންމެ ދަށް އަދަދަކީ 130 ޑޮލަރެވެ.