ބޮލީވުޑް

ޑޯލީ ކިޓީ އޯރު ވޯ ޗަމަކްތޭ ސިތާރޭ ގެ ޝޫޓިން ނިންމާލައިފި

ބޮލީވުޑްގެ އަރަމުން އަންނަ ތަރި، ބުމީ ޕެޑްނޭކަރުގެ ފިލްމް ޑޯލީ ކިޓީ އޯރު ވޯ ޗަމަކްތޭ ސިތާރޭ ގެ ޝޫޓިން ނިންމާލައިފިއެވެ.

ބޫމީގެ އިންސްޓަގްރާމުގައި ޝޫޓިން ނިންމާލަމުން ފޮޓޯ ހިއްސާކުރަމުން ލިޔެފައިވާ ކެޕްޝަނުގައި ބުނެފައިވަނީ ކިޓީ އަކީ "ކްރޭޒީ ޑްރީމާ" އެއް ކަމަށެވެ. އަދި އެއީ ތަފާތު މީހެއް ކަމަށާއި ލޯތްބަށާއި ކުރާ އުންމީދާއި ކަންކަމުގައި ކުރިއެރުމަށް ކަނޑައަޅާފައިވާ އަޒުމް ކިޓީގެ ވަރަށް ވަރުގަދަކަމަށެވެ. އެ ރޯލު ބޫމީ ކުޅުނީ ވަރަށް މަޖާ މާހައުލެއްގައި ކަމަށާއި އެ ރޯލު މިސްވާނެ ކަމަށްވެސް ބޫމީގެ ޕޯސްޓުގައި ބުނެފައިވެއެވެ. ފިލްމުގެ ޑައިރެކްޓަރު އަލަންކްރިތާ ސްރިވަސްތަވާއަށް ވެސް ބޫމީ ވަނީ ޝުކުރު އަދާކޮށްފައެވެ. ކިޓީގެ އެރޯލު ކުޅުމުން އިތުރަށް ކޮންފިޑެންޓްވި ކަމަށާއި އެ ދަތުރު ދުވަހަކު ވެސް ހަނދާން ނުނެތޭނެ ކަމަށް ބޫމީގެ ޕޯސްޓުގައި ބުނެފައި ވެއެވެ.