ކަބީރު ޚާން ޑައިރެކްޓް ކުރާ ފިލްމު 83 އަކީ 1983 ވަނަ އަހަރު ވޯލްޑް ކަޕް އިންޑިއާއަށް ހޯދައި ދިނުމުގައި އިސްރޯލެއް އަދާ ކުރި ކަޕިލް ދޭވް ގެ ބައޯޕިކް އެކެވެ. މި ފިލްމުގައި ކަޕިލްގެ ރޯލު އަދާ ކުރަނީ ކުރިއަރަމުން އަންނަ މަގްބޫލު ބަތަލު ރަންވީރު ސިންގް އެވެ.
ފިލްމުގައި ރަންވީރުގެ އަނބިމީހާގެ ރޯލު ކުޅޭކަމަށް އަޑު ފެތުރިފައި އޮތީ އޭނާގެ އަންހެނުން، މަގުބޫލު ބަތަލާ ދީޕިކާ ޕަޑުކޯން އެވެ.
ނަމަވެސް ދީޕިކާ ފިލްމު ރިޖެކްޓް ކޮށްފި ކަމަށް މިހާރު ވަނި އިއުލާން ކޮށްފައެވެ. ފިލްމަކީ ކަޕިލް ގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެއްކަމުން އެ ފިލްމުގެ ވާހަކައިގައި އޭނާގެ އަންހެނުންގެ ބައި ވަރަށް ކުޑައެވެ. އެހެން ކަމުން އެހާ ކުޑަ ބައެއް ކުޅުމަށް ދީޕިކާ ބޭނުން ނުވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ދީޕިކާ ދެން އެންމެ އަވަހަށް ފެންނާނީ މެގްނާ ގުލްޒާރުގެ 'ޗަޕާކް" އިންނެވެ.