ކުޑަކުދީންގެ ހިޔާ

ކުޑަކުދިންގެ ހިޔާގައި ހުރި މައްސަލަތައް މިދަނީ ހައްލުކުރަމުން: ޖެންޑާ

ޝަހީދާ އަބްދުﷲ ސައީދު

ކުޑަކުދިންގެ ހިޔާގައި ބޮޑެތި މައްސަލަތަކެއް އެބަހުރި ކަމަށާއި އެމައްސަލަތައް ހައްލުކުުރުމަށް މަސައްކަތްކުރަމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

''ވަންއޮންލައިން''އަށް މައުލޫމާތުދެއްވަމުން ޖެންޑާ މިނިސްޓްރީގެ މީޑިއާ އޮފިޝަލު އިބްރާހީމް މުހައްމަދު ވިދާޅުވީ ސަރުކާރު ވެރިކަމާ ހަވާލުވި އިރު ވެސް ކުޑަކުދީންގެ ހިޔާގައި ގިނަ މައްސަލަތައް ހުރި ކަމަށެވެ. އޭގެ ތެރޭގައި އިމާރާތުގެ މައްސަލަ އާއި މުވައްޒަފުން މަދު ވުމާއި އެކަށީގެންވާ ވަސީލަތްތައް މަދުވުމުގެ މައްސަލަތައް ހުރި ކަމަށް އިބްރާހީމް ވިދާޅުވިއެވެ.

ވިލިމާލޭގައި ހުރި ކުޑަކުދިންގެ ހިޔާގެ ފުރާޅު މައްޗަށް ކުޑަ ކުދިންތަކެއް އަރައިގެން އުޅެނިކޮށް ފެންނަ ފޮޓޯތަކެއް އިއްޔެ މީސް މީޑިއާގައި އާންމުވުމާ ގުޅިގެން އެކަން ހިނގާދިޔަގޮތުގެ މައުލޫމާތު ހޯދުމަށް ތަކުރާރުކޮށް ދެންނެވުމުން ވެސް އެކަމަށް އެއްވެސް އެއްޗެއް އިބްރާހީމް ވިދާޅުވެފައެއް ނުވެއެވެ.

އަދި ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރުވެސް އިމާރާތުގައި ބޮޑެތި މައްސަލަތަކެއް ހުރި ވާހަކައެވެ. އަދި ކުދިންނަކީ އެކި މިޒާޖުގެ ކުދިން ކަމަށާއި ކުދިން ހިޔާއަށް ގެނެސްފައިވަނީ ތަފާތު މާހައުތަކުން ކަމަށެވެ.

ކުޑަކުދީންގެ ހިޔާގެ ފުރާޅު މަތީގައި ކުދީންތަކެއް ތިބުމުން އާންމުންގެ ބައެއް މީހުން ވަނީ އެކަމާ ގުޅޭ ގޮތުން ކަންބޮޑުވުން ފާޅުކޮށްފައެވެ.