ޓެކްނޮލޮޖީ

ސްމާޓް ނެޕީ މޮނީޓާ : ދަރިފުޅު ޕުއްޕު ލާއިރަށް ފޯނަށް ނޮޓިފިކޭޝަން އާދޭ

މުހައްމަދު އައުޒަމް

ދަރިފުޅު ޕުއްޕު ލާއިރަށް ފޯނަށް ނޮޓިފިކޭޝަން އަންނަ ސްމާޓް ނެޕީ މޮނިޓަރ ތައާރަފުކޮށްފިއެވެ.

ދެކުނު ކޮރެއާގެ މޮނިޓް ކުންފުނިން އުފެއްދި ސްމާޓް ނެޕީގައި ހަރުކޮށްފައިވާ ކުޑަ ސެންސަރުން ދަރިފުޅު ބޮޑުކަމު އަދި ކުޑަކަމު ދިޔަކަން ބްލޫޓޫތު މެދުވެރިކޮށް ފޯނަށް ނޮޓިފައި ކޮށްދޭނެއެވެ. މިނެޕީ މޮނިޓަރުގެ ސަބަބުން ދަރިފުޅު ޕުއްޕުލީތޯ ބަލަން އިރުއިރުކޮޅާ ވަސްބަލާކަށް ނުޖެހޭނެއެވެ.

މިސްމާޓް ނެޕީ މޮނިޓަރުގެ އަނެއް ހާއްސަ ކަމަކީ ނެޕީގައި ހަރުކޮށްފައި ހުންނަ ސެންސަރުން ދަރިފުޅުގެ ނިދި މޮނިޓަ ކުރުމެވެ. މީގެ ސަބަބުނެ ދަރިފުޅަށް ސިއްހީގޮތުން އިތުރަށް އަޅައިލެވޭނެކަމަށް މި ނެޕީ އުފެއްދި ކުންފުނިން ބުނެއެވެ.

ސްމާޓް ނެޕީ މޮނިޓަ މަސައްކަތް ކުރާގޮތް

ސްމާޓް ނެޕީ މޮނިޓާ އުފެއްދި ކުންފުނިން ބުނާގޮތުން މި ނެޕީ މޮނިޓަގެ ސަބަބުން ތުއްތު ކުދީންނަށް ދިމާވާ ސިއްހީ މައްސަލަތައް މަދުކުރެވިގެން ދާނެ އެވެ. އަދި އާންމުކޮށް ނެޕީޖެހުމުގެ ސަބަބުން ކުރިމަތިވާ މައްސަލަތަކަށް ހައްލު ލިބިގެން ދާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މިދިޔަ އަހަރުގެ ފަހުކޮޅު ސްމާޓް ނެޕީ މޮނީޓަ ވަނީ ކޮރެއާގެ އިތުރުން ޖަޕާނުގައި ވިއްކަން ފަށައިފައެވެ. އަދި މިއަހަރު އޭޕްރިލްގެ ފަހުން ދުނިޔޭގެ އެހެން ގައުމުތަކުންވެސް ސްމާޓް ނެޕީ މޮނީޓާ ލިބޭނެ ކަމަށް އެކުންފުނިން ބުނެއެވެ.