މުނިފޫހިފިލުވުން

"ބޭބީ ޝާކް" ބިލްބޯޑުގެ ގަދަ 40އަށް އަރައިފި

މުހައްމަދު އައުޒަމް

"ބޭބީ ޝާކް" ބިލްބޯޑުގެ ގަދަ 40އަށް އަރައިފިއެވެ.

ދެކުނު ކޮރެއާގެ މަޝްހޫރު ޕިންކްފޮންގ ކުންފުނިން 2016 ވަނަ އަހަރު ރިލީސް ކުރި "ބޭބީ ޝާކް" ލަވަ މިވަނީ ދުނިޔޭގެ އެންމެ މަތީ ފަންތީގައި ރޭންކް ވެފައެވެ.

"ބޭބީ ޝާކް" ލަވަ މިހާރުވަނީ ބިލްބޯޑުގެ 32 ވަނައިގައެވެ.

"ބޭބީ ޝާކް" ލަވަ މަޝްހޫރުވެ ޑާންސް ޗެލެންޖެއްގެ ގޮތުގައިވެސް މިލަވަ ވަނީ ވައިރަލްވެފައެވެ. ހާއްސަކޮށް ޓިކްޓޮކް ފަދަ ޕްލެޓްފޯމްތަކުގައި މިލަވައަށް ވަރަށް ބޮޑު މަގުބޫލުކަމެއް ވަނީ ލިބިފައެވެ.

"ބޭބީ ޝާކް"

ކުޑަކުދީންގެ މެދުގައި މަގުބޫލުކަން ހޯދި "ބޭބީ ޝާކް" ލަވަ ވަނީ ޔޫޓިއުބް ގައި 2.1 ބިލިޔަން މީހުން ބަލައިފައެވެ. ދުނިޔޭގެ މަޝްހޫރު ލަވަކިއުންތެރިންގެ ލަވަތައް ފަހަތަށް ޖައްސައިލުމަށްފަހު ޔޫޓިއުބްގައި "ބޭބީ ޝާކް" ރޭންކް ކުރެވިފައި ވަނީ 25 ވަނައިގައެވެ.

ރާއްޖޭގައިވެސް ކުޑަކުދިންގެ މެދުގައި "ބޭބީ ޝާކް" ލަވައަކީ ވަރަށް މަގުބޫލު ލަވައެކެވެ.