ޝަހީދާ އަބްދުﷲ ސައީދު
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް އަމިއްލަ ގޮތުން ވާދަކުރަން ނިންމެވީ ޕާޓީގެ ފިކުރުގައި އިންތިޚާބު ވުމުން ދާއިރާގެ ރައްޔިތުންގެ ހައްގުތައް ގެއްލޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް މޫސާ މަނިކު ވިދާޅުވެއްޖެއެވެ.
މޫސާ މަނިކު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރައްވަން ނިންމެވީ ޕާޓީތަކުގެ ނިންމުމާ އެއްގޮތަށް ކަންކުރަން ޖެހުމުން ދާއިރާގެ ރައްޔިތުންގެ ހައްގުތައް މަޖިލީހުގައި ތަމްސީލު ނުކުރެވި، ބަޖެޓަށް ވެސް ވޯޓް ނުދެވި ތަޅުމުން ވެސް ބޭރުގައި ހުންނަަންޖެހޭނެތީ ކަމަށެވެ.
އަދި އެގޮތާ ގަޔާނުވާތީ ކަމަށް މޫސަގެ ޓުވީޓުގައި ވިދާޅުވިއެވެ.
މިހާރު ހުޅުހެންވޭރު ދާއިރާގެ މެންބަރުކަން ކުރައްވާ މޫސާ މަނިކު މިއަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ގަމު ދާއިރާއަށް ވާދަކުރައްވަން ނިންމަވާފައިވާ އިރު ހައްދުންމަތީ ރައްޔިތުންގެ ހައްގުގައި މޫސަ ގެންދަވަނީ މީސް މީޑިއާގައި ވަކާލާތު ކުރައްވަމުންނެވެ.
އަދި މީގެކުރިންވެސް މޫސަ ވަނީ ހައްދުންމަތީގެ މެންބަރުކަން އެއް ދައުރު ކުރައްވައިފަ އެވެ.