ވިލިމާލޭ ސަހަރާގައި ހުރި ހިނަވާގެ މަރާމާތު ކުރުމަށްފަހު ސަހަރާގައި އަލުން މީހުން ވަޅުލަން ފަށާނެ ކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފިއެވެ.
ސިޓީ ކައުންސިލުން މިއަދު ކުރި ޓުވީޓެއްގައި ބުނެފައިވަނީ ވިލިމާލޭ ސަހަރާގައި ދެއަހަރާ ބައިވަންދެން މީހުން ވަޅުލުން ހުއްޓައިލާފައިވަނިކޮށް މާލޭ ސިޓީ ކައުންސިލުގެ އެއްބާރުލުމާއެކު ވިލިނގިލީ ހެޔޮއެދޭ ފަރާތްތަކުން ސަހަރާ ސާފުކޮށްފައިވާކަމަށެވެ.
ދާދިފަހުން ސަރުކާރުން ވަނީ ސަހަރާތަކާއި މިސްކިތްތައް ބެލެހެއްޓުން މާލޭ ސިޓީ ކައުންސިލާ ހަވާލުކޮށްފައެވެ.