ވިޔަފާރި

ލިވިންގް އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި އަލްޓެއާ

މަރިޔަމް ޝަހުދާ

ހައިރައިޒް އިން އިންތިޒަމުކޮށްގެން ކުރިއަށްގެންދާ ލިވިންގް އެކްސްޕޯ 2019ގެ ކޯ-ސްޕޮންސަރަކަށް އޭޝިއާގެ އެންމެ މަގުބޫލު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދި ސްރީލަންކާގެ އަލްޓެއާ ހަމަޖައްސައިފި އެވެ.

ލިވިން އެކްސްޕޯގެ ކޯ-ސްޕޮންސަރަކަށް އަލްޓެއާ އިން ސޮއިކޮށްފައިވަނީ މިއަދު ލިވިން އެކްސްޕޯގެ ޕާޓްނަރުންނާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގެ ތެރެއިންނެވެ.

ރިއަލް އެސްޓޭޓް ގުރޫ އިން އަހަރަކު އެއް ފަހަރު ބާއްވާ އޭޝިއަން ޕްރޮޕަޓީ އެވޯޑްސްގައި އެންމެ މޮޅު އާކިޓެކްޗަރަލް ޑިޒައިން އެވޯޑް ހޯދާފައިވާ އަލްޓެއާގެ އިމާރާތަކީ ތަފާތު ޑިޒައިނަކަށް ފަރުމާކުރެވިގެން އިމާރާތްކުރަމުން އަންނަ އިމާރާތެކެވެ. ސްރީލަންކާގެ ކޮލަމްބޯގައި ވިޔަފާރަވެރިންގެ މެދުގައި މަގުބޫލު ސަރަހައްދެއްގައި ހުންނަ މި އިމާރާތުގެ %70 ލަގްޒަރީ ރެސިޑެންޝަލް އެޕާޓްމަންޓްތައް މިހާރު ވަނީ ވިކިފައި ކަމަށް އަލްޓެއާ އިން މައުލޫމާތު ދެއެވެ.

މި އަހަރު ފެބްރުއަރީ މަހު 7 އިން 9 އަށް ދަރުބާރުގޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ ލިވިންގް އެކްސްޕޯގައި އަލްޓެއާ އިން އެޕާޓްމަންޓް ގަތުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެ ފުރުސަތު ވަނީ ހުޅުވާލައިފައެވެ.

މިގޮތުން އަލްޓެއާގެ ޑިރެކްޓަރ ޕްރަދީޕް މޮއަރިސް ވިދާޅުވިގޮތުގައި މި އިމާރާތަކީ ވަރަށް ފުރިހަމަ އިމާރާތެކެވެ. އަދި މިއީ ދިވެހިންގެ ތެރެއިން ޝައުގުވެރިކަން ހުރި ފަރާތްތަކަށް ރަނުގެ ފުރުސަތެއް ކަމަށް ޕްރަދީޕް ވިދާޅުވިއެވެ.

ލިވިން އެކްސްޕޯގެ އޮންލައިން މީޑިއާ ޕާޓްނަރަކީ "ވަން އޮންލައިން" އެވެ.