މެންބަރު އަބްދުﷲ ރިޔާޒް

ޔާމީންގެ ނިޔަތް ރަނގަޅު ނަމަ ސީޕީ ހަމަޖައްސަން އިބޫއަށް ފުރުސަތު ދެއްވާނެ: ރިޔާޒު

1

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ނިޔަތް ރަނގަޅު ނަމަ ޕޮލިސް ކޮމިޝަނަރަކު ހަމަޖައްސަން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) އަށް ފުރުސަތު ދެއްވާނެ ކަމަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ޕޮލިސް ކޮމިޝަނަރު ކަމަށް ހަމްދޫން ރަޝީދު ހަމަޖެއްސެވުމާ ގުޅިގެން މިއަދު ކުރެއްވި ޓްވީޓެއްގައި ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ އިޚްލާސްތެރިކަމެއް ހުރިނަމަ ސީޕީއަކު ހަމަޖައްސަން އިބޫއަށް ފުރުސަތު ދެއްވާނެ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރިޔާޒު ވިދާޅުވީ ރައީސް ޔާމީން ކުރައްވަން އެ އުޅުއްވާ އެއްވެސް ކަމެއް ދެން ނުކުރެވޭނެ ކަމަށެވެ.

މިއަދު ސީޕީ ކަމަށް ހަމްދޫން ހަމަޖެއްސެވުމާ ހަމައަށް ފުލުހުންގެ އިދާރާ ހިންގުން ހަވާލުކުރައްވާފައި ވަނީ ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއެވެ. ރައީސް ޔާމީން މިއަދު ވަނީ ނަވާޒު އެންވާރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ބަދަލުކުރައްވާފައެވެ.

ރައީސް ޔާމީންގެ ސަރުކާރުގެ އެންމެ ފުރަތަމަ ޕޮލިސް ކޮމިޝަނަރަކީ ހުސައިން ވަހީދެވެ. ހުސައިން ވަހީދު މަގާމުން ވަކިކުރެއްވީ ރިޔާސީ ލޯންޗުކޮޅުގައި އެއްޗެއް ގޮއްވާލި ހާދިސާއަށްފަހުއެވެ.

ދެން ސީޕީ ކަމަށް ހަމަޖެއްސެވީ އަހުމަދު އަރީފެވެ. މިދިޔަ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރަށްފަހު އަރީފް ވަނީ މަގާމުން ވަކިކޮށް، ހައްޔަރުކޮށްފައެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟