ކޮރިއޯގްރާފަރު ރެމޯ ޑި ސޫޒާގެ ފިލްމު އޭބީސީޑީ ގެ ތިންވަނަ ބައިން ކެޓްރީނާ ކައިފް ވަކިވުމާއެކު އެ ރޯލަށް ވަނީ ޝްރައްދާ ކަޕޫރު ހަމަޖައްސައިފައެވެ.
ނެށުމުގެ ދާއިރާއިން މަގުބޫލުކަން ހޯދައިފައިވާ ތަރި ނޯރާ ފަތޭހީ މިހާރު ވަނީ މި ފިލްމުގެ ލީޑުރޯލު ކުޅެން ހަމަޖައްސައިފައެވެ. ފިލްމުގައި ބަތަލުގެ ރޯލު ކުޅެނީ ވަރުން ދަވާން އެވެ.
ނޯރާ ވަނީ މިދިޔަ އަހަރު ފިލްމު ސަތްޔާމެވާ ޖަޔާތޭ ގެ ލަވައެއް ކަމަށްވާ "ދިލްބަރު"އިން ވިދާލައިފައެވެ.
ވަރުން ވަނީ އޭނާގެ ޓުވިޓަރުގައި ނޯރާއަށް މަރުހަބާ ވެސް ކިޔައިފައެވެ.
އިންޓަވިއުއެއްގައި ނޯރާ ބުނީ ރެމޯ އާއި ވަރުން އަދި ޝްރައްދާއާ އެކު މަސައްކަތް ކުރުމަށް ފުރުސަތު ލިބުމުން ވަރަށް އުފާވާ ކަމަށާއި އެ ތަރިންނާ އެކު މަސައްކަތް ކުރަން ބޭނުންވެފައި ހުރި ކަމަށެވެ. އޭބީސީޑީ 2 ގައި އެ ޓިރޯގެ ކެމިސްޓްރީ ވަރަށް ސަޅި ކަމަށް ވެސް ނޯރާ ބުންޏެވެ.