މިދިޔަ އަހަރަކީ ބޮލީވުޑްގައި ބޮޑެތި ކައިވެނިތައް ނިމިގެންދިޔަ އަހަރެކެވެ. މި އަހަރު ވެސް ބޮލީވުޑްގައި ގިނަ ކައިވެނިތަކެއް ކުރިޔަށް ހުރި ކަމަށް އަޑު ފެތުރިފައިވާއިރު ބަތަލު ރަންބީރު ކަޕޫރާއި އާލިއާ ބަޓް ޖޫން މަހު އެންގޭޖް ކުރާ ކަމުގެ ވާހަކަވެސް މިހާރު ވަނީ ފެތުރިފައެވެ.
މި ދެތަރިން ގުޅިގެން އުޅޭތާ ދުވަސްތަކެއްވެފައި ވިއަސް އެގުޅުން ރަސްމީކޮށް އިއުލާން ކޮށްފައިވަނީ ވަރަށް ފަހުންނެވެ. އަދި އެންގޭޖްމަންޓްގެ ވާހަކަވެސް ދެތަރިންގެ ފަރާތުން ރަސްމީކޮށް އިއުލާންކޮށްފައެއް ނުވެއެވެ.
އަޑުފެތުރިފައިވަ ގޮތުގައި ރަންބީރުގެ މަންމަ ނީތޫ ކަޕޫރު ވަނީ އެންގޭޖްވުމަށް އޭނާ ގާތު އެދިފައެވެ. އަދި އޭނާ ބޭނުން ވަނީ ދަރިފުޅު ރަންބީރު ވީހާވެސް އަވަހަކަށް ކައިވެނިކޮށް ދިރިއުޅުމެއް ފަށަން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.
ރަންބީރާއި އާލިއާ ވަނީ މި ފަހަކަށް އައިސް ގިނަ ވަގުތުތަކެއް ދެފަރާތުގެ އާއިލާއާ އެކުވެސް ހޭދަ ކޮށްފައެވެ.
ދެތަރިން އެކީގައި އެންމެ އަވަހަށް ފެނިގެން ދާނީ މިއަހަރުގެ ޑިސެމްބަރު 20ގައި ނެރެން ނިންމާފައިވާ ފިލްމު "ބްރަހްމަސްތްރާ" އިންނެވެ.