ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ޖަލްސާ ފެބްރުއަރީ މަހުގެ ހަތްވަނަ ދުވަހު ބާއްވަން ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ ދަރުބާރުގޭގައި ކަމަށެވެ. އަދި ޖަލްސާ ބޭއްވުމުގެ އިންތިޒާމުތައް އެއިދާރާއިން ކުރަމުން އަންނަ ކަމަށްވެސް ބުނެފައިވެއެވެ.
2016 ވަނަ އަހަރުން ފެށިގެން މަޖިލީހުގެ އަހަރުގެ ފުރަތަމަ ޖަލްސާ ބާއްވަނީ ދަރުބާރުގޭގައެވެ. މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާނެއެވެ.