ޗައިނާ

ޗައިނާ އިން ބައިޑަން އަށް މަރުހަބާ ދަންނަވައިފި

މުހައްމަދު އައުޒަމް

އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާފައިވާ ޖޯ ބައިޑަން އަށް ޗައިނާ އިން މަރުހަބާ ދަންނަވައިފިއެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ވަންގް ވެންބިން ވަނީ އެމެރިކާގެ ރައްޔިތުންގެ ވޯޓަށް ޗައިނާއިން ފުރިހަމައަށް އިހުތިރާމް ކުރާނެ ކަމަށާއި ބައިޑަން އާއި ކަމަލާ އަށް ވަރަށް ހޫނު މަރުހަބާ އެއް ދަންނަވާކަމަށް ވިދާޅުވެފައެވެ.

ވަންގް ވިދާޅުވީ އެމެރިކާގެ އިންތިހާބުގެ ހުރިހާކަމެއް ކުރިޔަށް ގެންގޮސްފައި ވާނީ އެގައުމުގައި ހަދާފައިވާ ގާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ބައިޑަން އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް ނަތީޖާއިން ހާމަވުމާއެކު ދުނިޔޭގެ އެކި ކަންކޮޅުތަކުން ވަނީ މަރުހަބާ ދަންނަވައިފައެވެ. ނަމަވެސް ބޮޑެތިގައުމުތައް ކަމަށްވާ ރަޝިޔާ އާއި މެކްސިކޯއިން މިހާތަނަށް ބައިޑަން އަށް މަރުހަބާ ދަންނަވައިފައެއް ނުވެއެވެ.