ބޮލީވުޑް

ޑަބަންގް 3 ގެ ޝޫޓިން އޭޕްރިލްގައި ފަށަނީ

ބަތަލު ސަލްމާން ޚާން ގެ މަގްބޫލު ފިލްމް ޑަބަންގް އަކީ ގައުމީ އިނާމު ބެސްޓް ޕޮޕިއުލާ ފިލްމު ހޯދާ ބޮކްސް އޮފީހުގައިވެސް ގިނަ ކާމިޔާބިތަކެއް ހޯދާގައިވާ ފިލްމެކެވެ. ފިލްމުގެ ދެ ބައި މީގެ ކުރިން ރިލީސްކޮށްފައިވާއިރު ތިން ވަނަ ބައި ގެ ޝޫޓިން އޭޕްރިލް މަހު ފަށާގޮތަށް ވަނީ ހަމަޖެހިފައެވެ.

ފިލްމުގެ ޕްރޮޑިއުސަރު ސަލްމާންގެ ކޮއްކޮ، އަރްބާޒް ޚާން ބުނި ގޮތުގައި ފިލްމުގެ ޝޫޓިން އޭޕްރިލް މަހު ފަށާ ގޮތަށް ހަމަޖެހިފައިވިއަސް އަދިވެސް ޝޫޓް ކުރާ ލޮކޭޝަންތައް ހަމަނުޖެހޭ ކަމަށެވެ. އަރްބާޒް އިތުރަށް ބުނި ގޮތުގައި ހަމައެކަނި މިވަގުތު ބުނެވޭނެ ވަރަކީ ފިލްމުގެ ލީޑް ރޯލުން ސަލްމާން ފެނިގެން ދާއިރު ޑައިރެކްޓް ކުރާނީ ޕްރަބޫދޭވާ ކަމަށެވެ.

އަޑުތައް ފެތުރިފައިވާ ގޮތުގައި ޑަބަންގް 3 ގެ ވާހަަކައަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ލިޔެފައިވަ ވާހަކައެެކެވެ. އެ ފިލްމަކީ ނޮއިޑާގެ ފުލުހެއްގެ ދިރިއުޅުމުގެ މައްޗަށް ލިޔެފައިވާ ވާހަކައެއްކަމަށް އަޑު ފެތުރިފައި ވިއަސް އަރްބާޒް އާ އެސުވާލު ކުރުމުން އޭނާ ބޭނުންވީ ފިލްމުގެ ސްޓޯރީލައިން ސަސްޕެންސްކޮށް ބާއްވަންށެެވެ.

ޑަބަންގް 3 ގެ ޝޫޓިން ފެށުމުގެ ކުރިން ސަލްމާން މިހާރު މަސައްކަތް ކުރަމުން އަންނަ ފިލްމު ބާރަތް ގެ ޝޫޓިން ނިމޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އެ ފިލްމުގެ ޝޫޓިން މިވަގުތު ކުރިއަށް ދަނީ ފިލްމް ސިޓީގައެވެ.