ބޮލީވުޑް

އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރާ ދެކޮޅަށް ދައުވާ ކޮށްފި

ބިހާރުގެ ކޯޓަކުން ފިލްމް އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރާއި އެ ފިލްމާ ގުޅުން ހުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްފިއެވެ.

ކޯޓުން ދައުވާ ކޮށްފައި މިވަނީ ފިލްމުގައި ގައުމުގެ ބައެއް އިސްވެރިންގެ އަބުރަށް އަރައިގެންފައިވާ ކަމަށް ބުނެއެވެ.

މީގެ ކުރިންވެސް ޖެނުއަރީ ދެވަނަ ދުވަހު މުޒައްފަރުޕޫރުގެ ޗީޕް މެޖިސްޓްރޭޓް ކޯޓުގައި ވަނީ ފިލްމުގެ ބަތަލު އަނޫޕަމް ކޭރު އާއި ފިލްމާ ގުޅުން ހުރި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްފައެވެ.

އެ ދައުވާގައި ބުނެފައިވާ ގޮތުގައި އަނޫޕަމް އާއި ފިލްމުން ދެން ފެނިގެންދާ ބަތަލު އަކްޝޭ ކަންނާ ވަނީ އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު މަންމޯހަން ސިންގް އާއި އެބޭފުޅާގެ ޕްރެސް އެޑްވައިޒަރުގެ މަގާމު އަދާކުރެއްވި ސަންޖަޔާ ބާރޫގެ އަބުރަށް އަރައިގަނެފައެވެ. ފިލްމުގައި މި ދެތަރިން ކުޅެނީ މި ދެ ބޭފުޅުންގެ ރޯލެވެ.

މީގެ އިތުރުން އިންޑިއާގެ ކޮންގްރެސް ޕާޓީގެ ރައީސް ރާހުލް ގާންދީ އާއި އޭނާގެ މަންމަ ސޯނިއާ ގާންދީ އާއި ކޮއްކޮ ޕްރިޔަންކާ ވަދްރާ ގެ ރޯލު ކުޅެފައިވާ ފަރާތްތަކުންވެސް ވަނީ އެމީހުންގެ އަބުރަށް އަރައިގެންފައި ކަމަށް ދައުވާގައި ބުނެއެވެ. މި ދައުވާ ފިލްމުގެ ޑައިރެކްޓަރު އަދި ޕްރޮޑިއުސަރަށްވެސް ވަނީ ކޮށްފައެވެ.