ވިޔަފާރި

މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ދައުލަތުން ހަރަދުކުރީ 4،000 ރުފިޔާ!

އަހުމަދު ޖައިޝަން

މިއަހަރުގެ ފުރަތަމަ ފަސް ދުވަހު ދައުލަތުން ހަރަދުކޮށްފައިވަނނީ 4،013.1 ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ހާމަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން ހަފްތާއަކު ނެރޭ މާލީ ރިޕޯޓުގައި ބުނެފައިވަނީ މިއަހަރުގެ ފުރަތަމަ ހަފްތާގައި އެންމެ ގިނައިން ހަރަދުކޮށްފައިވަނީ ހޯމް މިނިސްޓްރީން ކަމަށެވެ.

ފުރަތަމަ ފަސް ދުވަހު ހޯމް މިނިސްޓްރީން ވަނީ 2،600.1 ރުފިޔާ ހޭދަ ކޮށްފައެވެ. އަދި ހެލްތު މިނިސްޓްރީން އެންމެ ގިނައިން ދެވަނައަށް ހަރަދުކޮށްފައިވާއިރު އެ މިނިސްޓްރީން ވަނީ 1،243 ރުފިޔާ ހޭދަކޮށްފައެވެ. އަދި އެއަށްފަހު ޓެކްސް އެޕީލް ޓްރައިބިއުނަލުން 95 ރުފިޔާ ހޭދަކުރިއިރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ވަނީ 75 ރުފިޔާ ހޭދަކޮށްފައެވެ.

މިއަހަރުގެ ފުރަތަމަ ފަސް ދުވަހުގެ މާލީ ބަޔާން އާންމުކޮށްފައިވާއިރު އޭގެތެރެއިން ތިން ދުވަހަކީ ސަރުކާރު ބަންދު ތިން ދުވަހެވެ.

ދައުލަތުގެ ހަތަރު މުއައްސަސާއަކުން މި އަހަރުގެ ފުރަތަމަ ފަސް ދުވަހު ހޭދަކޮށްފައިވާއިރު އެ ހަތަރު މުއައްސަސާ އަށް ކަނޑައަޅާފައިވާ ބަޖެޓު ތިރީގައި އެވަނީއެވެ.

ހޯމް މިނިސްޓްރީ : 52,083,337 ރުފިޔާ

ހެލްތު މިނިސްޓްރީ : 1,741,793,867 ރުފިޔާ

ޓެކްސް އެޕީލް ޓްރައިބިއުނަލް : 4,692,480 ރުފިޔާ

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ : 82,792,002 ރުފިޔާ