އެމްއާރްޑީސީ

ޕަބްލިކް ވޯކްސް އުވާލައި، މަސައްކަތްތައް ޕްލޭނިންގ މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ޕަބްލިކް ވޯކްސް ސަރވިސްއާއި ޑިޕާރޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓް އުވާލައި، އެ ދެ އިދާރާއިން ކުރަމުން އައި މަސައްކަތްތައް މިނިިސްޓްރީ އޮޕް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ބެލުމުގެ ދަށުން ކުރާގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މައުލޫމާތުދިން ގޮތުގައި، ރައީސް ސޯލިހު އެގޮތަށް ނިންމަވާފައިވަނީ މިމަހުގެ މަހުގެ ދެވަނަ ދުވަހުއެވެ.

މީގެކުރިން ޕަބްލިކް ވޯކްސް ސަރވިސްއާއި ޑިޕާޓްމަންޓް އޮޕް އިންފްރާސްޓްރަކްޗަރ ޑިވެލޮޕްމަންޓަކީ ޕްލޭނިންގ މިނިސްޓްރީގެ ދަށުން ވަކި ދެ ޑިޕާޓްމަންޓްގެ ގޮތުގައި މަސައްކަތްކުރަމުން އައި ދެ އިދާރާއެކެވެ.

ޕަބްލިކް ވަރކްސް ސަރވިސްއަކީ ކުރީގެ މޯލްޑިވްސް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ. މޯލްޑިވްސް ރޯޑް ޑިވަލޮޕްމަންޓް ކޯރޕަރޭޝަން ފަހުން ޕަބްލިކް ވަރކްސްއަށް ބަދަލުކޮށް، ހައުސިން މިނިސްޓްރީގެ ދަށަށް އެ ކޯޕަރޭޝަން ބަދަލުކޮށްފައިވަނީ މިދިޔަ އަހަރުއެވެ.