އިންޑިއާގެ ބޮޑު ވަޒީރު ނަރެންދްރާ މޯދީ އަށް ނިސްބަތްކޮށް ހަދާ ފިލްމް "ޕީއެމް ނަރެންދްރާ މޯދީ" ގައި ވިވެކް އާނަންދް އޮބްރޯއީ ގެ ފުރަތަމަ ލުކް އާ އެކު ފިލްމުގެ ފުރަތަމަ ޕޯސްޓަރު ދައްކާލައިފިއެވެ.
ޕޯސްޓަރުގައި ވިވެކް ފެނިގެން ދަނީ މުޅިން ބަދަލުވެފަ ހުއްޓައެވެ. މޯދީ ގެ މޭކަޕާއި، ހެދުން އެޅުމުގައި ވިވެކް ހުރި އިރު ޓްރާސްފޮމޭޝަން ވަރަށް ސަޅިއެވެ. މި ޕޯސްޓަރުން ވިވެކް މޯދީ އާ ވަރަށް ވައްތަރެވެ.
އޯމަންގް ކުމާރު ބީ، ޑައިރެކްޓް ކުރާ މި ފިލްމަކީ ސުރޭޝް އޮބްރޯއީ އަދި ސަންދީޕް ސިންގް ޕްރޮޑިއުސް ކުރާ ފިލްމެކެވެ.
އިންޑިއާގެ މިހާރުގެ ބޮޑު ވަޒީރަށް ފިލްމެއް ހެދުމުގެ މަސައްކަތް ފަށާފައިވާއިރު އިންޑިއާގެ ކުރީގެ ބޮޑު ވަޒީރު ޑރ. މަންމޯހަން ސިންގް އަށްވެސް ވަނީ ފިލްމެއް ހަދާފައެވެ. "ދަ އެކްސިޑެންޓަލް ޕްރައިމް މިނިސްޓަރ" ގެ ނަން ދީފައިވާ މި ފިލްމާ ގުޅިގެން ގިނަ މައްސަލަތަކެއްވެސް ވަނީ ފެންމަތިވެފައެވެ. އެ ފިލްމުގައި ޑރ. މަންމޯހަން ގެ ރޯލު އަދާކޮށްފައިވަނީ އަނޫޕަމް ކޭރެވެ. ފިލްމުގެ ޕްރޮމޯޝަން ކުރިއަށް ދާއިރު އަދި ފިލްމު ރިލީސް ކޮށްފައެއް ނުވެއެވެ.