މިއަދު ފެނިގެން މިދަނީ އަނިޔާވެރި ވެރިއެއްގެ މައްޗަށް ހޯދި ކާމިޔާބުގެ ފޮނިކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހްމަދު ވިދާޅުވެއްޖެއެވެ.
ޖަމީލް ކުރެއްވި ޓުވީޓެއްގައި އެހެން ވިދާޅުވެފައިވަނީ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ ދަރިކަލުން އަހްމަދު ފާރިސް މައުމޫން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަފާލާތުގެ ދަށުން މިއަދު މިނިވަންކޮށްފައި ވަނިކޮށެވެ.
ފެނިގެން މިދަނީ އަނިޔާވެރި ވެރިއެއްގެ މައްޗަށް ހޯދި ކާމިޔާބުގެ ފޮނިކަން ކަމަށް ޖަމީލު ވިދާޅުވި ނަމަވެސް، ކޯޓުތަކާއި އެހެން މުއައްސަސާތައް ކުރިއަށްއޮތް ތަނުގައި އިންސާފުގެ މަގުން ހިނގާނެތޯ ސުވާލު އުފައްދާފައިވެއެވެ.
މައުމޫނާއި ފާރިސް އަދި ގާސިމް، މިނިވަންކުރީ ހައިކޯޓަށް އެ ތިން ބޭފުޅުން ހުށަހަޅާފައިވާ އިސްތިއުނާފުގެ މައްސަލައާ މެދު ގޮތެއް ކޯޓުން ގޮތެއް ނިންމަންދެނެވެ.