ބޮލީވުޑް

ސެލިއުޓް ގެ ބަތަލާ އަކަށް ފާތިމާ ސަނާ ޝައިޚް؟

ބޮލީވުޑް ރަސްގެފާނު ޝާހުރުކް ޚާން ލީޑް ރޯލުން ފެނިގެންދާ ފިލްމް ސެލިއުޓްގެ ބަތަލާ އަކަށް އަންނަނީ ކާކު ކަން ނޭގޭތީ ބީޓައުންގައި ދަނީ ގިނަ ބަހުސްތަކެއް ކުރެވެމުންނެވެ.

އަނޫރާގް ބާސޫ ޑައިރެކްޓް ކުރާ މި ފިލްމުގެ ބަތަލާ އަދިވެސް ހޯދަމުންދާ ކަމަށް ރިޕޯޓުތައް ބުނާއިރު، ފިލްމު ދަންގަލް އަދި ތަގްސް އޮފް ހިންދުސްތާނުން ފެނިގެން ދިޔަ ބަތަލާ ފާތިމާ ސަނާ ޝައިޚް ވަނީ މި ފިލްމުގެ ބަތަލާ ކަމަށް ހަމަޖެހިފައި ކަމަށްވެސް ދަނީ އަޑުތައް ފެތުރެމުންނެވެ.

ފިލްމު އުފައްދާ ފަރާތުން ރަސްމީ ބަހެއް، ފާތިމާ އާއި ގުޅޭ ގޮތުން އަދި ބުނެފައި ނުވި ނަމަވެސް އޭނާގެ އެކްޓިން އާ ދޭތެރޭ އެމީހުން ހިތްހަމަޖެހިފައިވާ ކަމަށް ވެއެވެ. އަދި ފާތިމާ ވެސް ވަނީ ޝާހު އާއެކު ފިލްމެއް ކުޅުމަށް ބޭނުން ވެފައިވާ ކަމަށް ވަރަށް ފަހުން ދިން އިންޓަވިއު އެއްގައި ބުނެފައެވެ.

ސެލިއުޓް އަކީ އެސްޓްރޮނޯޓް އަކަށް ބަދަލުވި އިންޑިއާގެ އެއާ ފޯސް އޮފިސަރު ރާކޭޝް ޝަރުމާ ގެ ދިރިއުޅުމުގެ މައްޗަށް ހަދާ ފިލްމެކެވެ. ފިލްމުގެ ޝޫޓިން މި ފެބްރުއަރީ މަހު ފަށާނެ ކަމަށް ރިޕޯޓްތައް ބުނެއެވެ.