އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބުގެ ބަލި ހާލަތާ ގުޅޭގޮތުން އެމްޓީޑީން އެޗްއާރުސީއެމްއާ ބައްދަލުކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ކުރީގެ ނައިބު ރައީސް އަހުމަދު އަބްދުލްޣަފޫރުގެ ސިއްހީ ހާލުކޮޅާމެދު ކަންބޮޑުވުން ފާޅުކޮށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އިން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާ ބައްދަލު ކުރައްވައިފި އެވެ.

އެމްޓީޑީގެ އިސް ފަރާތްތަކުން އެޗްއާރުސީއެމްއާ ބައްދަލުކުރައްވާފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އެމްޓީޑީން ބުނެފައިވަނީ އެޕާޓީގެ ރައީސް އަހުމަދު އަދީބު ޖަލު ބަންދަަށް ބަދަލުކުރީ ގޭގައި ހުންނެވުމަށް ޑޮކްޓަރުން ދީފައިވާ މުއްދަތުގެ ކުރިން ކަމަށެވެ.

އަދީބުގެ ސިއްހީ ހާލަތާމެދު ކަންބޮޑުވެ އެމްޓީޑީން އެޗްއާރުސީއެމްއާ ބައްދަލުކުރިއިރު ރެއިން ފެށިގެން އަދީބުއަށް އައިޖީއެމްއެޗުގައި ދަނީފަރުވާ ދެމުންނެވެ.

އަދީބު ޖަލަށް ބަދަލުކުރި މައްސަލައިގައި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވިދާޅުވެފައިވަނީ އަދީބު ޖަލަށް ބަދަލުކުރީ ޑޮކްޓަރުން ދީފައިވާ މުއްދަތު ހަމަވުމުން ކަމަށާއި އޭގެ ފަހުން އަދީބު ގޭގައި ހުންނެވުމަށް ޑޮކްޓަރުން އަންގާފައި ނުވާކަމަށެވެ.