ގާސިމް އިބްރާހިމް

ކަފާލާތުގެ ދަށުން ގާސިމް ވެސް މިނިވަންކޮށްފި

މުހައްމަދު އައުޒަމް

ކަފާލާތުގެ ދަށުން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިނގިލި ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވެސް މިނިވަންކޮށްފިއެވެ.

ކަފާލާތުގެ ދަށުން ގާސިމް މިނިވަންކޮށްފައި ވަނީ ހައިކޯޓުގެ ގަވާއިދުގެ 67 ވަނަ މާއްދާއަށް ރިއާޔަތްކޮށް އެ ކޯޓުން ނެރުނު އަމުރެއްގެ ދަށުންނެވެ.

މިހާރު ޖަރުމަންވިލާތުގައި އުޅުއްވާ ގާސިމް ވެސް ކަފާލާތުގެ ދަށުން މިނިވަންކޮށްފައި ވަނީ ޝަރުތުތަކާއެކުއެވެ.

ގާސިމަށް ކްރިމިނަލް ކޯޓުން އިއްވާފައި ވަނީ ތިން އަހަރާއި ދެ މަހާއި 12 ދުވަހުގެ ޖަލުހުކުމެކެވެ. މިދިޔަ އަހަރުގެ އޮގަސްޓް 24 ވަނަ ދުވަހުގެ ރޭ އެ ހުކުމް ކޮށްފައި ވަނީ އޭނާ އައިޖީއެމްއެޗުގައި އެޑްމިޓްކޮށްފައި އޮންނަވަނިކޮށެވެ.

އެ ހުކުމް ކޮށްފައި ވަނީ ދައުލަތުން އުފުލި ރިޝްވަތުދިނުމަށް ހުށަހެޅުމުގެ ދައުވާ ސާބިތުވުމުންނެވެ. އެ ދައުވާ ގާސިމްގެ މައްޗަށް އުފުލީ ޖުމްހޫރީ ޕާޓީގެ އޮފީސް، މާފަންނު ކުނޫޒުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން، ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމާ ގުޅިވަޑައިގެންނެވި މަޖިލިސް މެމްބަރުން އަނބުރާ އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގެ ޓިކެޓާއި އެހެނިހެން އެހީތެރިކަންވާނެ ކަމަށް ވިދާޅުވެފައިވާތީއެވެ.

ކަރެކްޝަނަލް ސާވިސްގެ ހުއްދައާ އެކު ބޭސްފަރުވާއަށް ސިންގަޕޫރަށް ގާސިމް ފުރާވަޑައިގަތީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ހަ ވަނަ ދުވަހުއެވެ. އަދި އޭގެފަހުން ޖަރުމަނު ސަރުކާރުގެ ޚާއްސަ ހުއްދައާ އެކު މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ މަހުގެ ތެރޭގައެވެ.