މޯލްޑިވް ގޭސްގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ޝަޒައިލް ޝިޔާމް އައްޔަންކުރައްވައިފިއެވެ.
އެމްޑީގެ މަގާމަށް މިއަދު އައްޔަންކުރެއްވި ޝަޒައިލްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ސިޔާސީ މަގާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ.
އެގޮތުން ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމާއި ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަންވެސް އޭނާ އަދާކުރެއްވިއެވެ.
2017 ވަނަ އަހަރު ޝަޒައިލް މަގާމުން ވަކިކުރެއްވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ އެމްއާރުއެމްއަށް ތާއީދުކުރައްވާކަން ހާމަކުރެއްވުމުންނެވެ.