އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފިއެވެ.

ދާދި ދެންމެއަކު އަދީބު އައިޖީއެމްއެޗްއަށް ގެންގޮސްފައިވާ އިރު، އޭނާ ގެންދިޔަ ސަބަބެއް އަދި ނޭނގެއެވެ.

އަދީބުގެ އަނބިކަނބަލުން މަރިޔަމް ނަޝްވާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދީބަށް އައިޖީއެމްއެޗް ކްރިޓިކަލް ކެއާ ޒޯނުގައި ފަރުވާ ދެމުންދާ ކަމަށާއި ކަރެކްޝަންސް އިން އާއިލާ ބޭފުޅަކަށް ކައިރީގައި ހުރުމުގެ ފުރުސަތެއް ނުދެއްވާ ކަމަށެވެ.

ޑޮކްޓަރުގެ ލަފަޔާއެކު މިދިޔަ އަހަރުގެ ނޮވެމްބަރު 27ގައި އަދީބު ގޭ ބަންދަށް ބަދަލުކުރުމަށް ފަހު އަލުން އަނބުރާ ޖަލަށް ގެންގޮސްފައިވަނީ މިދިޔަ ބުދަ ދުވަހުއެވެ.