ޓެކްނޮލޮޖީ

އަޑަށްވުރެ ބާރަށް ދަތުރުކުރާ ކޮންކޯޑުގެ ދަތުރުތައް 2023ގައި ފަށަނީ

މުހައްމަދު އައުޒަމް

1

ކޮންކޯޑުގެ ދަތުރުތަށް 2023 ގައި ފަށަން އެކުންފުނިން ނިންމައިފިއެވެ.

އަޑަށްވުރެ ބާރަށް ދަތުރުކުރުމުގެ ގާބިލުކަން ލިބިފައިވާ ކޮންކޯޑުގެ ދަތުރުތައް ހުއްޓާލީ ނުރައްކާތެރި އެކްސިޑެންޓްތައް ގިނަވެ އެތައް ބައެއްގެ ފުރާނަ ދިއުމުގެ ސަބަބުން 2003 ވަނަ އަހަރުއެވެ.

ކޮންކޯޑު ކުންފުނިން ދަތުރުތައް ފަށަން ނިންމާފައިވާއިރު މިފަހަރުގެ ދަތުރުތަކުގައި ބޭނުން ކުރުމަށް ހަމަޖައްސައިފައިވަނީ މުޅިންއާ އެއާކްރާފްޓް ތަކެކެވެ.

އޯވާޓުއަރގެ ނަމުން ނަންދީފައިވާ މިފްލައިޓުގެ ސްޕީޑު ގަޑިއަކު 1451 މޭލު ބާރުމިނުގައި ހުންނާނެ ކަމަށް އެކުންފުނިން ބުނެއެވެ. މިއީ ކުރިން ދުއްވި ކޮންކޯޑުތަކަށްވުރެ ދަށް ސްޕީޑެކެވެ.

އޯވާޓުއަރގެ ފްލައިޓު ވިއްކުމަށް އެކުންފުނިން ނިންމާފައިވަނީ 200 މިލިއަން ޑޮލަރަށެވެ. މިއީ ބޯއިން މަރުކާގެ 10-787 އަށް ވުރެން 325.8 މިލިއަން ޑޮލަރު ބޮޑު އަގެކެވެ. އޯވާޓުއަރގެ އަގު މިހާބޮޑު ވަނީ އޭގައި ބޭނުންކުރާ ސުޕަރ ސޮނިކް އިންޖީނުގެ ސަބަބުންނެވެ.

ކޮންކޯޑުގައި ބޭނުންކޮށްފައިވާ ސުޕަރ ސޮނިކް އިންޖީނުގެ ސަބަބުން އަޑަށްވުރެ ބާރަށް އެއަށް ދަތުރުކުރެވެއެވެ. ނަމަވެސް އެވަރުގެ ސްޕީޑެއް ނެގުމުން އޭގެސަބަބުން އުފެދޭ ސޮނިކް ވޭވްގެ އަސަރު ބޮޑު ސަރަހައްދަކަށް ފެތުރިގެން ދެއެވެ. މިކަމުގެ ސަބަބުން ކޮންކޯޑުގެ އެންމެ ބަރު ސްޕީޑުގައި ދުއްވުމުގެ ހުއްދަ އޮންނަނީ ހަމައެކަނި ކަނޑު ހުރަސްކޮށްގެން ދަތުރު ކުރާއިރުއެވެ.

ކޮންކޯޑުގެ އޯވަޓުއާގައި ދަތުރުކުރުމުގެ އަގުވެސް ވަރަށް ބޮޑުވާނެ ކަމަށް ވަނީ ބެލެވިފަ އެވެ. އަގުތައް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟