މަޝްހޫރު ލަވަކިޔުންތެރިޔާ ޒޭން މާލިކް އަދި އެމެރިކާގެ މޮޑެލް ޖީޖީ ހަދީދަށް އަންހެން ކުއްޖަކު ލިބިއްޖެއެވެ.
ޒޭން ވަނީ އޭނާގެ އޮފިޝަލް ޓުވިޓާ އެކައުންޓްގައި ޖީޖީ ވިހައިފި ކަމުގެ އުފާވެރި ހަބަރު އޭނާގެ ސަޕޯޓަރުންނަށް ދީފަ އެވެ.
ދަރިފުޅުގެ އަތުގައި ހިފަހައްޓާލައިގެން ނަގާފައިވާ ފޮޓޯއަކާއެކު ޒޭން ކުރި ޕޯސްޓުގައި ބުނީ، ދަރިފުޅުގެ ސިއްހަތު ރަނގަޅު ކަމަށާއި އޭނާއަށް މިވަގުތު ކުރެވެމުންދާ އިހުސާސްތައް ބަޔާންކުރަން ނޭނގޭ ކަމަށެވެ. އަދި އަމިއްލަ ދަރިއެއް ލިބިފައިވާތީ އެކަމާ ވަރަށް ފަހުރުވެރިވާ ކަމަށް ޒޭން ބުންޏެވެ.
އުމުރުން 25 އަހަރުގެ ޖިޖީ އަލަތު ދަރިއަށް ބަލިވެ އިން ކަމަށް އާންމުކުރީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ.