ބޮލީވުޑް

ކޫލީ ނަންބަރު ވަންގެ ރީމޭކް އިން ފެނިގެންދާނީ އާލިއާ އަދި ވަރުން

ބޮލީވުޑްގައި މަގްބޫލުކަން ހޯދަމުން އަންނަ ދެތަރިން ކަމުގައިވާ އާލިއާ ބަޓް އާއި ވަރުން ދަވަން ވަނީ ކާމިޔާބު ތިން ފިލްމެއް އެކީގައި ކުޅެފައެވެ. އެއީ "ސްޓޫޑަންޓް އޮފް ދަ އިޔާ" އާއި "ބަދްރިނާތު ކި ދުލްހަނިޔާ" އާއި "ހަމްޓީ ޝަރުމާކީ ދުލްހަނިޔާ" އެވެ.

މި ދެތަރިން މިހާރު މަސައްކަތް ކުރަމުން ދަނީ އަބީޝޭކް ވަރުމާގެ ފިލްމް "ކަލަންކް" ގައެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ދެތަރިން އެކީގައި ޑޭވިޑް ދަވަންގެ ފިލްމު ކޫލީ ނަންބަރު ވަންގެ ރީމޭކް އިން ވެސް އަންނަ އަހަރު ފެނިގެން ދާނެއެވެ. މި ފިލްމުގެ އަންހެން ލީޑު ރޯލަށް ކުރިން އަޑުފެތުރިފައިވަނީ ސާރާ އަލީ ޚާން ކަމަށެވެ.

ވަރުން މިހާރު މަސައްކަތް ކުރަމުންދާ ރެމޯ ޑި ސޫޒާގެ ފިލްމުގެ މަސައްކަތް ނިމުނުހާ އަވަހަކަށް ކޫލީ ނަންބަރު ވަންގެ ޝޫޓިން ފެށޭނެ ކަމަށްވެސް ރިޕޯޓުތައް ބުނެއެވެ.

އާލިއާ މިދުވަސްކޮޅު މަސައްކަތް ކުރަމުން އަންނަނީ އަޔާން މުކަރްޖީގެ "ބްރަހްމާސްޓްރާ" ގައެވެ. އެ ފިލްމުގައި އާލިއާއާއެކު ރަންބީރު ކަޕޫރާއި އަމީތާބް ބަޗަން އަދި މޯނީ ރޯއީ ލީޑު ރޯލުން ފެނިގެން ދާނެއެވެ.