މުނިފޫހިފިލުވުން

ގްވެނިތު އާއި ޑަކޯޓާ އަދި ކޯލްޑްޕްލޭގެ ކްރިސް ރާއްޖޭގައި

އަހުމަދު ޖައިޝަން

ހޮލީވުޑްގެ މަޝްހޫރު ތަރީން ކަމަށްވާ ގްވިނެތު ޕާލްޓްރޯ އާއި ޑަކޯޓާ ޖޯންސަން އަދި މަޝްހޫރު އޯލްޓަނޭޓިވް ބޭންޑުގެ ލަވަކިޔުންތެރިޔާ ކްރިސް މާޓިން ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އަތުވެއްޖެ އެވެ.

ގްވިނެތު އޭނާގެ ފިރިމީހާ ބްރެޑް އަދި ދެ ދަރީން ކަމަށްވާ އެޕަލް އާއި މޮސެސް އާއެކު ޗުއްޓީ ހޭދަކުރުމަށް ރާއްޖެ އައިސްފައިވާއިރު އެމީހުން މަޑުކޮށްގެން ތިބީ ކޮން ރިޒޯޓެއްގައި ކަމެއް ބުނެފައެއް ނުވެއެވެ.

ކްރިސް އާއި ޑަކޯޓާ އަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ ފަންނާނުންނަށް ވާއިރު އެ ދެމީހުންވެސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ގްވެނިތުމެނާ އެކުގައެވެ.

ކްރިސް އާއި ގްވިނިތު އަކީ ކުރީގެ ދެމަފިރީންނެވެ. ގާތްގަނޑަކަށް 11 އަހަރު އެކީ އުޅެ ދެމީހުން ވަރިވީ 2014 ވަނަ އަހަރުގައެވެ. އެޕަލް އާއި މޮސެސް އަކީ ގްވެނިތު އާއި ކްރިސްގެ ކައިވެންޏަށް ލިބިފައިވާ ދެ ދަރީންނެވެ. ނަމަވެސް ދެމީހުން އަދިވެސް އެކުވެރިކަމުގެ ގުޅުމެއް އޮތް ކަމަށް އޭނާ ބުނެއެވެ.

މައުލޫމާތު ލިބޭގޮތުގައި ކްރިސް އާއި ގްވިނިތުގެ ދަރީންނާއެކު ޗުއްޓީ ހޭދަކުރުމަށް ޑަކޯޓާއަށް ދައުވަތު ދީފައިވަނީ ގްވެނިތު ކަމަށް ބޭރުގެ ނޫސްތަކުން މައުލޫމާތު ދެއެވެ. މީގެކުރީންވެސް ގްވެނިތު ވަނީ އޭނާގެ ގޭގައި ބޭއްވި ހާއްސަ ހަފްލާއަކަށް ކްރިސް އާއި ޑަކޯޓާއަށް ދައުވަތު ދީފައެވެ.