ތާޕްސީ ޕަންނު ވަނީ 2018 ވަނަ އަހަރު މަގްބޫލު ފިލްމުތަކެއް ކުޅެފައެވެ. އޭގެ ތެރޭގައި "ސޫރްމާ"، "މަންމަރްޒިޔާ" އަދި މުލްކު ހިމެނެއެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި މިއަހަރު ތާޕްސީ ފުރަތަމަ ފެނިގެން ދާނީ ފިލްމް "ވުމަނިޔާ" އިންނެވެ. އެ ފިލްމުގައި ތާޕްސީ ކުޅެނީ ޝޫޓަރެއްގެ ރޯލެވެ. އެ ރޯލަށް ތައްޔާރު ވުމަށްވެސް ތާޕްސީ މިހާރު ވަނީ މަސައްކަތް ފަށާފައެވެ. ފިލްމުގެ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ ފެބްރުއަރީ މަހުއެވެ.
މީގެ އިތުރުން ފިލްމުގައި ތާޕްސީ 60 އަހަރުގެ މުސްކުޅިއެއްގެ ރޯލުންވެސް ފެނިގެން ދާނެ ކަމަށް ވެއެވެ.
ފިލްމަކީ ހަގީގީ ހާދިސާއެއްްގެ މައްޗަށް ހަދާ ފިލްމެކެވެ. ޕްރަކާޝް އަދި ޗަންޑްރޯ ޓޯމާރު ނަމަކަށް ކިޔާ ދެ ޝޫޓަރުންގެ މައްޗަށް ހަދާ މި ފިލްމުގެ ފުރަތަމަ ޝޫޓިން ފަށަން ހަމަޖެހިފައިވަނީ އުއްތަރު ޕްރަދޭޝްގައެވެ.