އަހްމަދު އަދީބު އަބްދުލްގަފޫރު

އަދީބު އަނބުރާ ޖަލަށް ގެންގޮސްފި

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު އަނބުރާ ޖަލަށް ގެންގޮސްފިއެވެ.

އަދީބު އަނބުރާ ޖަލަށް ގެންގޮސްފައިވަނީ ދާދި ދެންމެއަކުއެވެ. އަދީބު ހައްޔަރުކުރުމަށް މޯލްޑިވްސް ކަރެކްޝަންސް ސާވިސްގެ އޮފިސަރުން މިރޭ ވަނީ އޭނާ ދިރިއުޅުއްވާ ގެއަށް ވަދެފައެވެ.

އަދީބު ގޭގައި ހުންނެވީ ޑޮކްޓަރުގެ ލަފާގެ މަތިން ކަމަށާއި އެ މުއްދަތަށްފަހު އޭނާ ހުކުމް ތަންފީޒުކުރަން އަލުން ޖަލަށް ބަދަލުކުރާނެ ކަމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް މިނިސްޓަރު އައްޝައިޚު އިމްރާން އަބްދުﷲ ވަނީ ވިދާޅުވެފައެވެ.

ތަފާތު އެކި ކުށްތައް ސާބިތުވުމާ ގުޅިގެން ޖުމުލަ 33 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި އަދީބު ގޭބަންދަށް ބަދަލުކުރުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ދީފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 27 ގައެވެ.