ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

2018 ގައި ލިބުނު އެންމެބޮޑު ފިލާވަޅަކީ ހަގީގީ ރައްޓެހިންނަކީ ކޮބަައިކަން އެނގުން: ޑރ ޝަހީމު

ޝަހީދާ އަބްދުﷲ ސައީދު

ނިމިދިޔަ އަހަރު ލިބުނު އެންމެބޮޑު ފިލާވަޅަކީ ހަގީގީ ރައްޓެހިންނަކީ ކޮބައިކަން އެނގިވަޑައިގަތުން ކަމަށް އައްޝައިޚް ޑރ. މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އާ އަހަރާ ދިމާކޮށް ޑރ. ޝަހީމު ކުރެއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވީ ފާއިތުވެ ދިޔަ އަހަރަކީ ވަރަށް ގިނަ ގުނަ ފިލާވަޅުތަކެއް ލިބިވަޑައިގެންނެވި އަހަރެއް ކަމަށެވެ.

އެގޮތުން އެންމެ ބޮޑު ފިލާވަޅަކީ ހަގީގީ ރައްޓެހިންނަކީ ކޮބައިކަން އެނގިގެން ދިއުން ކަމަށާއި އެންމެ ބޭނުންވި ވަގުތު އެކުގައި ތިއްބެވި ބޭފުޅުންނާ މެދު އަބަދުވެސް ފަހުރުވެރިވާނެ ކަމަށެވެ.

އަދި ކުރިއަށްއޮތްތަނުގައި ދެމިހުންނަވާނީ ވެސް އެބޭފުޅުންނާއެކުގައި އެބޭފުޅުން ތިއްބެވި ތަނެއްގައި ކަމަށް ވިދާޅުވިއެވެ.

ޝަހީމުގެ އެ ޕޯސްޓްގައި އޭގެ ތެރެއިން ބައެއް އެކުވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެއް ހިއްސާކުރައްވަމުން ވިދާޅުވެފައިވަނީ އެކުވެރިންނާއެކު ހޭދަކުރައްވާފައިވަނީ ވަރަށް އުފާވެރި ވަގުތުކޮޅެއް ކަމަށެވެ.

އެ ޕޯސްޓްގައި ފެންނަން ހުރީ ފާއިތުވި އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ޕީޕީއެމްގެ ބައެއް މެމްބަރުންނާއި އަދި އިލްމުވެރިންނާއެކު ނަގާފައިވާ ފޮޓޯތަކެކެވެ.

ޑރ. ޝަހީމުއަކީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީންގެ ރަނިންމޭޓެވެ.