ޑރ. މުހައްމަދު ޖަމީލް އަހްމަދު

ވެރިކަމާއި މަޖިލީހުގެ ބާރުވެސް އޮތީ ރައްޔިތުންނަށް ލިބޭ އިތުބާރެއްގެ މައްޗަށް: ޑރ. ޖަމީލު

ޝަހީދާ އަބްދުﷲ ސައީދު

ވެރިކަމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ވެސް އޮތީ ރައްޔިތުންނަށް ލިބޭ އިތުބާރެއްގެ މައްޗަށް ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވެއްޖެއެވެ.

މީލާދީ އާ އަހަރު ފެށުނު ދުވަސް ފާހަގަކުރައްވައި މިއަދު ޖަމީލު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އާ އަހަރުގެ އަޒުމަކަށް ވާންވީ ކުރީގައި ހެދުނު ގޯސްތައް ތަކުރާރުވިޔަ ނުދިނުން ކަމަށެވެ.

އަދި އެންމެން އެކީ ކާމިޔާބުކުރި ކަންތައްތައް މަތިން ހަނދާންކުރުން ކަމަށާއި ވެރިކަމާއި މަޖިލީހުގެ ބާރުވެސް އޮތީ ރައްޔިތުންނަށް ލިބޭ އިތުބާރެއްގެ މައްޗަށް ކަމަށް ވިދާޅުވިއެވެ.

ޓުވީޓުގައި ވިދާޅުވީ އެންމެ މުހިންމީ ހައްގުތައް ކަށަވަރުކޮށްދޭނެ މަޖިލީހެއް ކަމަށެވެ.

ޑރ. ޖަމީލު މިފަދަ ޓުވީޓެއް ކުރެއްވި އިރު މިއަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވިލިމާލޭ ދާއިރާއަށް ވާދަކުރައްވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.