ފިލްމް ޒީރޯ ރިލީސްވެގެން ހަފްތާއެއް ވެގެން ގޮސްފައިވާއިރު އެ ފިލްމާ ބެހޭ އެކި ވާހަކަ ތައް ދަނީ އަދިވެސް ފެތުރެމުންނެވެ. ބޮލީވުޑްގެ ރަސްގެފާނު ޝާހުރުކް ޚާނާއި އަނުޝްކާ ޝަރުމާ އަދި ކެޓްރީނާ ކައިފް ލީޑް ރޯލުން ފެނިގެން ދާ މި ފިލްމަށް ހީކުރި ވަރުގެ ތަރުހީބެއް ނުލިބެއެވެ.
ފިލްމުގައި ޝާހު އަކީ އާދަޔާ ހިލާފަށް ކުރު މީހެކެވެ. އެ އިފެކްޓް ގެނެސްފައިވަނީ ވީއެފްއެކްސް ޝާހު "ޝްރިންކް" ކޮށްގެނެވެ.
މީޑިއާ ތަކަށް މިހާރު މިވަނީ އަނެއްކާވެސް އާ ވަހަކަ ތަކެއް ތިލަވެފައެވެ. އެގޮތުން ފިލްމުގައި ޝާހު ކުޅުނު ރޯލު "ބައުވާ ސިންގް" ގެ ބައި ކުޅުމަށް ކުރީން ހޮވާފައި ވަނީ ރަންވީރު ސިންގެވެ.
ރަންވީރު އާއި ފިލްމުގެ ޑައިރެކްޓަރު އާނަންދު ރާއީ އާއި ދެމެދު ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކައި ހުރިހާ ކަމެއް އޮތީ ފައިނަލް ވާ ހިސާބުގައި ކަމަށް ވެއެވެ. ނަމަވެސް އެ ރޯލު ޝާހުއަށް ލިބުނީ ފިލްމު ޕްރޮޑިއުސް ކުރީ އޭނާގެ ޕްރޮޑަކްޝަން ހައުސްއިން ކަމަށް ވީމައެވެ.
މި ޑިސެމްބަރު މަސް ނިމިގެން މިދިޔައީ ޝާހު އަދި ރަންވީރުގެ ބޮޑު ދެ ފިލްމު ރިލީސް ވެގެންނެވެ. ޝާހުގެ ޒީރޯއަށް ވުރެ ރަންވީރުގެ ސިމްބާ އަށް ލިބޭ ތަރުހީބު ބޮޑު ކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް ކްރިޓިކްސް ބުނާ ގޮތުގައި ދެ ފިލްމުވެސް އެ ދަނީ 100 ކްރޯޑް ގެ ކާމިޔާބީއަކާ ދިމާއަށެވެ.