އިބްރާހިމް ޒަކީ
ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އަށް އައްޔަން ކުރުމަށް ތިން ބޭފުޅެއްގެނަން ރައްޔިތުންގެ މަޖިލީހުގެ ހިޔުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފާސްކޮށް ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައިފިއެވެ.
އެ ތިންބޭފުޅުންގެ ނަން ކޮމިޓީން ފާސްކޮށްފައިވަނީ، އެ ކޮމިޝަނަށް މެންބަރުން އައްޔަން ކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މަޖިލީހަށް ފޮނުއްވި އަށް ބޭފުޅުންނާ އިންޓަވިއުކޮށް އެބޭފުޅުންގެ ނަން ދިރާސާ ކުރުމަށްފަހު، އެ ނަންތަކަށް ކޮމެޓީން ވޯޓަށް އަހައިގެންންނެވެ.
އެޗްއާރުސީއެމްގެ ހަތަރު މެންބަރެއްގެ މަގާމު ވަނީ ހުސްވެފައެވެ.
މިބޭފުޅުން ހިއުމަންރައިޓްސް ކޮމިޝަނަށް އައްޔަން ކުރުމަށް ދެން ވޯޓަށް އަހާނީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައެވެ.