މަގްބޫލު ކޮރިއޯގްރާފަރު ރޭމޯ ޑި ސޮއިޒާ ޑައިރެކްޓް ކުރާ ފިލްމުން ކެޓްރީނާ ކައިފް ވަކިވެއްޖެއެވެ.
ވަރުން ދާވަންއާ އެކު ކެޓްރީނާ ކުޅެން ހަމަޖެހިފައިވާ މި ފިލްމުގެ މަސައްކަތް ފަށަން ހަމަޖެހިފައި އޮތީ ހޮނިހިރު ދުވަހުއެވެ.
ބަޝުން ކުމާރުގެ ޓީ ސީރީސް އިން ޕްރޮޑިއުސް ކުރާ މި ފިލްމަކީ އިންޑިއާގެ އެންމެ ބޮޑު ނެށުމުގެ ފިލްމަށް ވެގެން ދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
ފިލްމުގެ ނަން އަދި ފައިނަލް ވެފައި ނުވިޔަސް ފިލްމުގައި ދެން މުހިއްމު ރޯލުތަކުން ފެނިގެން ދާނީ ޕްރަބޫދޭވާ، ދަރްމޭޝް ޔެލަންޑޭ، ރާގަވް ޖުޔާލް އަދި ޕުނިތް ޕަތާކް އެވެ. މި ފިލްމު ރިލީސް ކުރަން ހަމަޖެހިފައި ވަނީ އަންނަ އަހަރުގެ ނޮވެމްބަރު އަށެއްގައެވެ.
ކެޓްރީނާ ގެ ސްޕޯކްސްޕާސަން ބުނާ ގޮތުގައި ފިލްމުން ކެޓްރީނާ ވަކިވީ ސަލްމާން ޚާން އާ އެކު މިހާރު ކެޓްރީނާ ކުޅެމުން އަންނަ ފިލްމު ބާރަތްގެ ޝޫޓިން ތަކާ މި ފިލްމުގެ ޝޫޓިންތައް ފުށުއަރައި، ވަގުތު ނުދެވޭތީއެވެ.