މުހައްމަދު އައުޒަމް
ގެދޮރުވެރިކަމުގެ ފުރުސަތުތަކާއެކު "މޯލްޑިވްސް ލިވިން އެކްސްޕޯ 2019" އަންނަ ފެބްރުއަރީގައި ބާއްވާ ގޮތަށް ހަމަޖައްސައިފިއެވެ.
އަންނަ ފެބްރުއަރީ 7އިން 9އަށް ބޭއްވުމަށް ހަމަޖައްސައިފައިވާ މި އެކްސްޕޯގައި ރިއަލްއެސްޓޭޓް ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި އެމީހުންގެ މުދަލާއި ހިދުމަތް ދައްކައިލުމުގެ އިތުރުން މައުލޫމަތު ބަދަލުކޮށް ފުރުސަތުތައް އިތުރުކުރުމަށް މަގުފަހިކޮށްދޭނެ އެވެ.
"މޯލްޑިވްސް ލިވިން އެކްސްޕޯ 2019"ގައި ރާއްޖޭގެ އިތުރުން އަވައްޓެރި ގައުމުތަކުގައި ހުރި ރިއަލްއެސްޓޭޓްގެ ވިޔަފާރީގެ ފުރުސަތުތަކާ ބެހޭ މައުލޫމާތު ވެސް ލިބިގެންދާނެއެވެ.
މޯލްޑިވްސް ލިވިން އެކްސްޕޯގައި ފާއިތުވީ ތިން އަހަރު ރާއްޖެއިން ބޭރުގެ މަޝްހޫރު ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެހެން އަހަރުތަކެކޭވެސް އެއްފަދައިން "މޯލްޑިވްސް ލިވިން އެކްސްޕޯ 2019"ގައި ވެސް ޒިޔާރަތް ކުރާ ފަރާތްތަކުގެ މެދުގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް ބޮޑެތި ޑިސްކައުންޓުތަކުގެ އިތުރުން އަގުހުރި އިނާމްތަކެއް ހުށަހަޅައިފައިވެއެވެ.
ހައިރައިސް އިން އިންތިޒާމްކޮށްގެން ބާއްވާ "މޯލްޑިވްސް ލިވިންގ އެކްސްޕޯ 2019"ގެ މެއިން ސްޕޮންސަރަކީ އެލައިޑް އިންޝުއަރެންސް އެވެ. އަދި ކޯ-ސްޕޮންސަރުންނަކީ އަކުއާ ވިޓާ ރެސިޑެންސް މޯލްޑިވްސް ގެ އިތުރުން ސްރީލަންކާގެ އަލްޓްއެއާ އެވެ.
"މޯލްޑިވްސް ލިވިން އެކްސްޕޯ 2019" ބައިވެރިވުމަށް ބޭނުން ވިޔަފާރިތަކުން 9607986626+ / 9607980088+އަށް ގުޅުއްވައިގެން ސްޓޯލްތައް ބުކް ކުރެވޭނެ ކަމަށް ހައިރައިޒްއިން މައުލޫމާތުދެއެވެ. ސްޓޯލް ބުކް ކުރެވޭނެ އެންމެ ފަހު ތާރީހަކީ މި މަހުގެ ހަވަނަ ދުވަހެވެ.